Last Updated: June 23, 13:06
Tuesday, June 23, 2026
ޚަބަރު

ވިލިގިލީ ހައުސިން ޔުނިޓްތަކުގެ ބިންގާ އަޅައިފި

ގއ. ވިލިނގިލީގައި ހައުސިން ޔުނިޓް އެޅުމުގެ އަމަލީ މަސައްކަތް ފަށައިފި އެވެ.

އިއްޔެ އެ ރަށުގައި ބޭއްވި ރަސްމިއްޔާތެއްގައި ހައުސިން ޔުނިޓުތަކުގެ ބިންގާ އަޅުއްވައި ދެއްވީ ހައުސިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީނާއި،ރައްޔިތުންގެ މަޖިލީހުގެ ވިލިނގިލި ދާއިރާގެ މެމްބަރު ސައުދު ހުސައިންގެ އިތުރުން ރަށު ކައުންސިލް މެމްބަރުންނެވެ.

ވިލިނގިލީގައި 50 ހައުސިން ޔުނިޓްތައް ހަދަން ހަވާލުކޮށްފައި ވަނީ ދޮންބޭޒް ޕްރައިވެޓް ލިމިޓެޑާ އެވެ. އެ މަސައްކަތް ހަވާލުކުރީ މިދިޔަ އަހަރުގެ ޖޫން ގަ އެވެ. ހަތް ސަތޭކަ އަކަފޫޓު ހުންނާނެ މި ހައުސިން ޔުނިޓްތަކަކީ 3 ކޮޓަރި އާއި 3 ފާހަނަ އާއި ސިޓީންރޫމާއި ބަދިގެ އާއި ކާގެ އަދި ބެލްކަންޏާއި އަދި ލޯންޑްރީ އާއި ސްޓޯ ރޫމް ވެސް ހިމެނޭ ގޮތަށް ހަދާ ހައުސިން ޔުނިޓްތަކެވެ.

ސަރުކާރުގެ ޕީއެސްއައިޕީ ބަޖެޓުގެ ތެރޭގައި ހިމަނައިގެން ކުރިއަށް ގެންދާ މި މަޝްރޫ އަށް 48 މިލިއަނަށްވު ރެ ގިނަ ރުފިޔާގެ ހަރަދުވާނެ އެވެ. ކަމަށް ސަރުކާރުން ވިދާޅުވެއެވެ. މަސައްކަތް ދޮންބޭޒް ޕްރައިވެޓް ލިމިޓެޑާ ޙަވާލުކުރީ މަސައްކަތް ފަށާތާ 270 ދުވަހުގެ ތެރޭގައި އެއްކޮށް ނިންމާ ގޮތަށެވެ.