ހއ. ދިއްދު އަށް އެއާޕޯޓެއްގެ އުންމީދު ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވެސް ދެއްވައިފި އެވެ.
އެ މަނިކުފާންގެ ޕްރައިމަރީ ކެމްޕޭންގެ ތެރެއިން ރޭ ދިއްދޫގައި ބޭއްވި ޖަލްސާގައި ރައީސް ވިދާޅުވީ ދިއްދޫގައި ބިން ބޮޑު ކުރުމުގެ ތެރެއިން އެއާޕޯޓެއްގެ ވާހަކަ އަކީ ނުދެއްކޭނެ ވާހަކައެއް ނޫން ކަމަށެވެ.
"އެއާޕޯޓެއްގެ ވާހަކަ އަކީ އަޅުގަނޑުމެންނަށް ނުދެއްކޭނެ ވާހަކައެއް ނޫން. އަޅުގަނޑުމެން އިރާދަކުރެއްވިއްޔާ އަންނާނަން، މި ޕްރައިމަރީ އަށް ފަހު، ރިޔާސީ އިންތިހާބުގެ ކެމްޕޭން ތެރޭގައި މެނިފެސްޓޯއެއް އެކުލަވާލާނަން،" ރައީސް ވިދާޅުވި އެވެ. "ތިޔަ ބޭފުޅުންނާ މަޝްވަރާ ކުރާނަން. އޭގައި މި ރަށުގެ އެއާޕޯޓެއް ނުހިމަނަންވީ ސަބަބެއް އަޅުގަނޑަކަށް ނުފެނޭ."
އަޅުގަނޑުމެން އަދި އެނބުރި އަންނާނަން މި ޕްރައިމަރީއަށް ފަހުގައި، ރިޔާސީ އިންތިހާބުގައި ކެމްޕޭނުގައި. މެނިފެސްޓޯއެއް އެކުލަވާލާނަން، ތިޔަ ބޭފުޅުންނާ މަޝްވަރާ ކުރާނަން. އޭގައި ދިއްދޫގެ އެއާޕޯޓް ނުހިމަނަން ވީ ސަބަބެއް އަޅުގަނޑަކަށް ނުފެނޭ- @ibusolih #MDPKuriah #Ibu2023 pic.twitter.com/vxH095mr4v
— MDP Kuriah (@MDPKuriah) January 17, 2023
ދިއްދު އަށް އެއާޕޯޓެއްގެ އުންމީދު ރައީސް ދެއްވި އިރު އެ ރަށުގައި އެއާޕޯޓެއް އަޅައި ދިނުމަކީ ރައްޔިތުން އެދެމުން އަންނަ ކަމެކެވެ.
މިހާރު ތަންފީޒުކުރައްވަމުން ގެންދަވާ ޖަލު ހުކުމުގެ ކުރިން މި އަހަރުގެ ރިޔާސީ އިންތިހާބަށް ކެމްޕޭން ކުރެއްވުމުގެ ތެރެއިން ދިއްދު އަށް ކުރެއްވި ދަތުރެއްގައި ކުރީގެ ރައީސް އަބްދުﷲ ޔާމީން ވެސް ދިއްދޫގައި އެއާޕޯޓެއް އަޅައި ދެއްވާނެ ކަމަށް ވިދާޅުވެފައިވެ އެވެ.