Last Updated: June 14, 13:25
Sunday, June 14, 2026
ޚަބަރު

2018-2012 އަށް އޮތީ އަނިޔާ އާއި ބިރު

ރާއްޖޭގައި ދެހާސް ބާރަ އިން ދެހާސް އަށާރައާ ހަމައަށް އޮތީ އަނިޔާ އާއި ބިރުވެރިކަން ކަމަށާއި އެކަން ދުވަހަކު ވެސް ހަނދާން ނައްތައިނުލެވޭނެ ކަމަށް އެންވަޔަރަމަންޓް މިނިސްޓަރު އައިމިނަތު ޝައުނާ ވިދާޅުވެއްޖެ އެވެ.

ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވެރިކަމުގެ ދެވަނަ ދައުރަކަށް ގެންނަން ވަރަށް ބޮޑަށް ތާއީދުކުރައްވާ އަދި އަދި އެމްޑީޕީގައި ވަރަށް ކުރިން ފެށިގެން މަސައްކަތްކުރައްވަމުން ގެންދަވާ ޝައުނާ ވިދާޅުވީ އެތައް ބައެއްގެ މިންނެތް މަސައްކަތުން ގެނެސްފައި އޮތް ރައީސް ސޯލިހުގެ ސަރުކާރާއި ތަންފީޒުކުރެވަމުން އަންނަ ތަރައްގީގެ ތަސައްވުރާއި ދެމެހެއްޓެނިވި ބަދަލު ކަށަވަރު ކުރެވޭނީ އެމްޑީޕީ ހުއްޓި ނުތިބެ، ކުރިއަށް ގޮސްގެން ކަމަށެވެ.

"ދެހާސް ބާރަ އިން ދެހާސް އަށާރައިގެ އަނިޔާވެރިކަމާއި، ބިރުވެރިކަން ދުވަހަކު ވެސް ހަނދާނެއް ނުނެތޭނެ." މިނިސްޓަރު ވިދާޅުވި އެވެ.

އެމްޑީޕީން މިހާރު އަންނަނީ މި އަހަރު ބާއްވާ ރިޔާސީ އިންތިހާބުގައި އެ ޕާޓީން ވާދަކުރާނެ ކެންޑިޑޭޓަކު ކަނޑައެޅުމަށް ޕްރައިމަރީ ބޭއްވުމަށް ތައްޔާރުވަމުންނެވެ. އޭގައި ވާދަކުރައްވަނީ ރައީސް ސޯލިހާއި ކުރީގެ ރައީސް މުހައްމަދު ނަޝީދެވެ.