އިންޑިއާގެ މަޝްހޫރު ބަތަލާ އައިޝްވާރިއާ ރާއީ ގަނެފައިވާ ބިމަކަށް ދައްކަން ޖެހޭ ބިމުކުލި ނުދައްކައިގެން ނޯޓިސް ދީފި އެވެ.
މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި 1994 ގެ މިސް ވޯލްޑަށް ނާޝިކް ޑިސްޓްރިކްޓްގެ ޓެކްސް އޮފީހުން ނޯޓިސް ފޮނުވީ ފާއިތުވި އަހަރުގެ ބިމު ކުލި ނުދައްކައިގެންނެވެ. ވައިން ހަކަތަ އުފެއްދުމަށްޓަކައި ވިންޑްމިލްތަކެއް ޖަހާފައިވާ އެއް ހެކްޓަރުގެ އެ ބިމަކީ އައިޝްވާރިއާ 2009 ގައި ގަތް ބިމެކެވެ. އެ ބިމަށް ފާއިތުވި އަހަރަށް ބިމުކުލީގެ ގޮތުގައި 21،960 ރުޕީސް ދައްކަން ޖެހެ އެވެ.
މީޑިއާތަކުން ބުނީ ބިމު ކުލި ނުދައްކައިގެން ދެވަނަ ފަހަރަށް ނޯޓިސް ފޮނުވީ ފައިސާ ދައްކަން ދިން މުއްދަތު މިއަދަށް މުއްދަތު ހަމަވާތީ އެވެ.
މިކަމާ ގުޅިގެން ނާސިކްގެ ސިނާރް ތެހެސިލް އޮފީހުން ބުނީ އެކްޓަރު އަބީޝެކް ބައްޗަންގެ އަންހެނުން އައިޝްވާރިއާ އަށް އެންމެ ފުރަތަމަ ނޯޓިސް ފޮނުވީ މި މަހުގެ 9 ގައ ކަމަށާއި އޭރު ކުލި ދައްކަން 10 ގެ މުއްދަތެއް ވެސް ދިން ކަމަށެވެ. އެކަމަކު އެ ނޯޓިހަށް އިޖާވަ ނުދިނުން އަނެއްކާ ވެސް ނޯޓިން ފޮނުވީ ކަމަށް ބުންޏެވެ. އަދި މިއަދު ފޮނުވި ނޯޓިހާ އެކީ މާދަމާ ފައިސާ ދައްކާނެކަން އަންގާފައިވާ ކަމަށް ޓެކްސް އޮފީހުން ބުންޏެވެ.
ޓެކްސް އޮފީހުން ބުނި ގޮތުގައި މީގެ ކުރިން އައިޝްވާރިއާ އަކީ ކަނޑައެޅިފައި އޮންނަ މުއްދަތަށް ބިމުކުލި ދައްކަމުން އައި މީހެކެވެ. މި ފަހަރު ބިމުކުލި ނުދައްކަައިގެން ނޯޓިސް ފޮނުވި މީހުންގެ އަދަދު 1،200 އަށް އަރަ އެވެ.