Last Updated: June 9, 14:14
Tuesday, June 9, 2026
ޚަބަރު

ނަޝީދުގެ ކެމްޕޭން ޖަގަހައެއް މިރޭ ހުޅުމާލޭގައި ހުޅުވަނީ

ރައީސް ނަޝީދު އިއްޔެ ނައިފަރަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން--

އެމްޑީޕީގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ކެމްޕޭން ޖަގަހައެއް މިރޭ ހުޅުމާލޭގައި ހުޅުވުމަށް ނިންމައިފިއެވެ.

މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ، އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ކެމްޕޭން ކުރިއަށްދާއިރު، ކެމްޕޭން ޖަގަހައެއް ހުޅުމާލޭގައި ހުޅުވުމަށް ބާއްވާ ހަރަކާތެއް މިރޭ 08:30 ގައި ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.

ރައީސް ނަޝީދުގެ ކެމްޕޭން ޓީމުގެ ފަރާތުން މައުލޫމާތުދޭ ގޮތުގައި ޖަގަހަ ހުޅުވުމަށް ހަމަޖެހިފައިވަނީ ހުޅުމާލެ ބޮމްބޭ ދަރުބާރު ފުރަގަސް، ލޮޓް ނަންބަރު 10408 ގައެވެ.

މި ހަރަކާތުގައި ރައީސް ނަޝީދަށް ތާއީދުކުރާ ވީހާވެސް ގިނަ ފަރާތްތަކަކުން ބައިވެރިވުމަށް ދައުވަތު އަރުވާފައިވެއެވެ.

ރިޔާސީ ޕްރައިމަރީގެ ކެމްޕޭން ފޯރީގައި ކުރިއަށްދާއިރު ރައީސް ނަަޝީދު އަންނަނީ ރަށްރަށަށް ދަތުރުކުރައްވާ އެމްޑީޕީގެ މެންބަރުންނާ ބައްދަލުކުރައްވަމުންނެވެ. އަދި ރައީސް ނަޝީދާ މި އިންތިހާބުގައި ވާދަކުރައްވާ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްވެސް އަންނަނީ ކެމްޕޭނަށް ރަށްރަށަށް ވަޑައިގެން މެންބަރުންނާ ބައްދަލުކުރައްވަމުންނެވެ.