މިދިޔަ އަހަރު އަހަރު ސިވިލް ކޯޓުން 2،900 އަށް ވުރެ ގިނަ މައްސަލައެއް ނިންމާފައިވާ ކަމަށް އެ ކޯޓުން ބުނެފި އެވެ.
ސިވިލް ކޯޓުން މިދިޔަ އަހަރު ނިންމި މައްސަލަތަކާ ގުޅޭ ތަފާސްހިސާބުައް ދައްކާ ގޮތުން މިދިޔަ އަހަރު ޖުމްލަ 2،917 މައްސަލައެއް ނިންމި އިރު، މިދިޔަ އަހަރު ޖުމްލަ 5،050 މައްސަލައެއް ހުށަހެޅި އެވެ. އޭރު 2021 ގެ މައްސަލަތަކުގެ ތެރޭގައި ނުނިމި އޮތް 2،740 މައްސަލައެއް ކޯޓުގައި އޮތެވެ.
މިދިޔަ އަހަރު 2،917 މައްސަލައެއް ނިންމު އިރު، މިދިޔަ އަހަރު ނިމުނުއިރު ނުނިމި ބާކީ 4،873 މައްސަލައެެއް އޮތެވެ. އޭގެ ތެރެއިން 977 މައްސަލަ އަކީ ނުނިމި އަހަރަކަށް ވުރެ ގިނަ ދުވަސްވެފައިވާ މައްސަލަތަކެވެ. މިދިޔަ އަހަރު ޑިސްޕިއުޓް ރިޒޮލިއުޝަނުން ހައްލު ވި މައްސަލައިގެ އަދަދަކީ 218 އެވެ.
މިދިޔަ އަހަރު ކޯޓަށް ހާޒިރުވުމަށް އެކި ފަރާތްތަކަށް 19،956 އަމުރު ފޮނުވި އިރު، ޝަރީއަތްކުރާ ސެކްޝަންތަކުން 21،399 ކޯޓު އަމުރު ފޮނުވި އެވެ. އޭގެ އިތުރުން، މިދިޔަ އަހަރު 94 މިލިއަނަށް ވުރެ ގިނަ ރުފިޔާ އާއި، 8 މިލިއަން ޑޮލަރު ސިވިލް ކޯޓަށް ބަލައިގެންފައިވެ އެވެ. ކޯޓަށް ބަލައިގެންފައިވާ ފައިސާގެ އަދަދަކީ 189،516ރ. އެވެ.