ސައްހަ ނޫން މައުލޫމާތުތަކެއް ހިއްސާކުރެވި އާންމުންގެ ތެރޭގައި ކަންބޮޑުވުންތަކެއް އުފެދުމާ ގުޅިގެން ޔުކްރޭންގެ ރައީސް ވޮލޮޑިމީރް ޒެލެންސްކީގެ ތަރުޖަމާނު އޮލެސްކީ އެރެސްޓޮވިޗް މަގާމުން އިސްތިިއުފާ ދެއްވަން ހުށަހަޅުއްވައިފި އެވެ.
އޭނަ އިސްތިއުފާ ހުށަހެޅުއްވީ ހޮނިހިރު ދުވަހު ޑިމްޕްރޯގެ އެޕާޓްމަންޓް އިމާރާތަކަށް ރަޝީއާގެ މިސައިކަލެއް ވެއްޓުނީ ޔުކްރޭންގެ އަސްކަރީ ސިފައިން ދިން ހަމަލާތަކަކާ ގުޅިގެން ކަމަށް ވިދާޅުވެވުމާ ގުޅިގެންނެވެ. އެ ހަމަލާގައި 40 މީހަކު މަރުވެފައިވެ އެވެ.
ތަރުޖަމާނު ދުވަހުން ދުވަހަށް ހިއްސާކުރައްވާ މައުލޫމާތުތަކަކީ ޔޫޓިއުބް މެދުވެރިކޮށް އެތައް މިލިއަން ބަޔަކު ބަލަމުން އަންނަ އެއްޗެކެވެ. އަދި އޭނަ އަކީ ގިނަ ބައެއްގެ މެދުގައި މަގުބޫލު އަދި ގިނަ ބަޔަކު ވަރަށް އިތުބާރު ވެސް ކުރާ ސިޔާސީ ބޭފުޅެކެވެ.
ނަމަވެސް ޔުކްރޭންގެ ހަމަލާއަކުން ބޮޑު ގެއްލުމެއް ގައުމަށް ލިބުނު ކަމަށް ވިދާޅުވެ، މައުލޫމާތު ދެވި، އެކަމުގެ ކަންބޮޑުވުން އާންމުންގެ ތެރޭގައި އުފެދުނުން އޭނަ މައާފަށް ވެސް އެދިވަޑައިގެންނެވި އެވެ. އަދި ވިދާޅުވީ އިމާރާތަކަށް މިސައިލް ވެއްޓުނީ ޔުކްރޭންގެ ހަމަލާއަކުން ކަމަށް ވިދާޅުވެވުނީ "މައުލޫމާތު ކުށަކުން" ކަމަށެވެ.

މިކަމާ ގުޅިގެން ތަރުޖަމާނު އުސްތިއުފާ ހުށަހެޅުއްވި ނަމަވެސް ޒެލެންސްކީ އަދި އެކަމާ ގޮތެއް ނުނިންމަވާ ކަމަށް މީޑިއާތަކުން ބުންޏެވެ.
ޔުކްރޭންގެ އަސްކަރިއްޔާ އިން ބުނެފައިވާ ގޮިތުގައި ޑުިމްޕްރޯގެ އިމާރާތަށް ވެއްޓުނު ރަޝިއާގެ ކޭއެޗް-22 މިސައިލަކީ އެފަދަ އެއްޗެއް ވައްޓައިލުމުގެ ގާބިލުކަން އެތަނަށް ނެތް އެއްޗެއް ކަމަށެވެ. އެހެންވެ ސައްހަ ނޫން މައުލޫމާތުތަކެއް ސަރުކާރުން ދެވި، އާންމުންގެ ތެރޭގައި ކަންބޮޑުވުން އުފެދުމަކީ ހިތާމަކުރާ ކަމެއް ކަމަށް އަސްކަރިއްޔާ އިން ބުންޏެވެ.
ތަރުޖަމާނަށް ދެއްވުނު ސައްހަ ނޫން މައުލޫމާތުގެ ނާޖާއީޒު ފައިދާ ވެސް ރަަޝިއާ އިން ނަގާފައިވެ އެވެ. ޔުކްރޭނާ ދެކޮޅަށް އެ ގައުމުން ހަނގުރާމަ ކުރަމުން ދަނީ މިދިޔަ އަހަރުގެ މާޗް މަހުން ފެށިގެންނެވެ.