Last Updated: July 26, 06:31
Sunday, July 26, 2026
ޚަބަރު

މި އަހަރުގެ މެރިން އެކްސްޕޯ މާޗްގައި

މި އަހަރުގެ މެރިން އެކްސްޕޯ މާޗް މަހުގެ ތެރޭގައި ބާއްވަން ނިންމައިފި އެވެ.

ބޯޓިން ސިނާއަތަށް ހާއްސަކޮށްގެން ނޭޝަނަލް ބޯޓިން އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެންބީއޭއެމް) އންބާއްވަމުން އަންނަ އެކްސްޕޯގެ ވަނަ އެޑިޝަން މި އަހަރު ބާއްވަން ހަމަޖެހިފައި ވަނީ މާޗް 15-18 އަށެވެ.

"މޯލްޑިވްސް މެރިން އެކްސްޕޯ" ގައި ބޯޓް ބިލްޑަރުންނާއި މާލީ އަދި އިންޝުއަރެންސް ވިޔަފާރިތަކާއި ބޯޓުތަކަށާއި މަސްވެރިކަމަށް ބޭނުންވާ ސާމާނާއި މެރިން ފުޑްސް ސަޕްލަޔަރުން، ފަދަ އެތައް ހިދުމަތަޖުން ބައިވެރިވާނެ އެވެ.

އެކްސްޕޯގެ މައިގަނޑު މަގުސަދަކީ ރާއްޖޭގެ ބޯޓިން އިންޑްސްޓްރީގެ ހުރިހާ ސްޓޭކް ހޯލްޑަރުންނ އެއްތަންކޮށް، އެ ދާއިރާގެ ވިޔަފާރިތައް އިތުރަށް މާކެޓްކުރެވޭނެ ފުރުސަތު ފަހިކޮށް ދިނުމެވެ.

މި އަހަރު ހުޅޫމާލޭގެ ސެންޓްރަކް ޕާކްގައި ބާއްވާ މެރިން އެކްސްޕޯގައި ކުޑަކުދިންނަށް ހާއްސަ ހަރަކާތްތަކެއް ވެސް ކުރިއަށް ގެންދަން ވަނީ ރާވައިފަ އެވެ.