Last Updated: July 22, 18:06
Wednesday, July 22, 2026
ދުނިޔެ

ހެރީގެ ފޮތް "ސްޕެއާ" އަށް ރެކޯޑެއް

މި މަހު ނެރުނު ޕްރިންސް ހެރީގެ ފޮތް "ސްޕެއާ" އަށް ރެކޯޑެއް ލިބިއްޖެ އެވެ.

މި މަހުގެ 10 ގައި ނެރުނު ފޮތަށް ލިބިފައި ވަނީ ނެރުނު ދުވަހު އެންމެ ގިނައިން ކޮޕީ ވިކުނު ނަން-ފިކްޝަން ފޮތުގެ ރެކޯޑެވެ. އެގޮތުން ފޮތް ނެރުނު ދުވަހު އެމެރިކާ އާއި އިނގިރޭސިވިލާތާއި ކެނެޑާގައި "ސްޕެއާ" ގެ 1.43 މިލިއަން ކޮޕީ ވިކިފައިވެ އެވެ. ފާހަގަކޮށްލެވޭ ކަމަކީ މި ފޮތް، ގިނިސް ވޯލްޑް ރެކޯޑުން ޖާގަ ހޯދީ، އެ ނެރުމުގެ ފަސް ދުވަސް ކުރިން އޭގެ ސްޕެއިންގެ ތަރުޖަމާ ވެސް ލީކްވެފައި ވަނިކޮށްކަމެވެ.

ކުރިން ރިލީޒްކުރި ދުވަހު އެންމެ ގިނައިން ވިކުނު ނަން-ފިކްޝަން ފޮތުގެ ރެކޯޑް އޮތީ އެެމެރިކާގެ ކުރީގެ ރައީސް ބަރަކް އޮބާމާ ލިޔުއްވައި 2020 ގައި ނެރުނު އޭނަގެ ހަތަރު ވަނަ ފޮތް "އަ ޕްރޮމިސްޑް ލޭންޑް" އަށެވެ. އެ ފޮތް ނެރުނު ދުވަހު އޭގެ 887،000 ކޮޕީ ވިކުނެވެ.

ހެރީގެ އަމިއްލަ ހަޔާތާއި އޭނަ އާއި ޝާހީ އާއިލާއާ ދެމެދު އެހާރާއި މިހާރު އޮތް ގުޅުން ފަދަ އެތައް ވާހަކައެއް ތިލަކޮށް ދިން "ސްޕެއާ" ނެރެފައި ވަނީ ޕެންގްއިން ރޭންޑަމް ހައުސްގެ ތައްގަނޑުގަ އެވެ.