އިންޑިއާގެ އެކްސްޓަރނަލް އެފެއާޒް މިނިސްޓަރު ސުބްރަމާނިއަމް ޖަޔަޝަންކަރު ރާއްޖެ ވަޑައިގެންފިއެވެ.
ޖަޔަޝަންކަރަށް މަރުހަބާ ދަންނަވާފައިވަނީ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދެވެ. މިއީ ދެ ދުވަހުގެ މުއްދަތަކަށް ޖަޔަޝަންކަރު ރާއްޖެއަށް ކުރައްވާ ދަތުރުފުޅެކެވެ.
އިންޑިއާގެ އެކްސްޓަރނަލް އެފެއާޒް މިނިސްޓަރުގެ މިދަތުރުފުޅުގެ ތެރެއިން އިންޑިއާ ސަރުކާރުގެ އެހީގެ ދަށުން ހިންގުމަށް ހަމަޖެހިފައިވާ ހަނިމާދޫ އިންޓަރނޭޝަނަލް އެއަރޕޯޓް ތަރައްޤީ ކުރުމުގެ ޢަމަލީ މަސައްކަތް ފެށުމުގެ ރަސްމިއްޔާތުގައި ބައިވެވަޑައިގެންނެވުމާއި، ށ. ފޯކައިދޫގައި ޤާއިމުކޮށްފައިވާ ކޮމިއުނިޓީ ސެންޓަރ އިފްތިތާހު ކުރެއްވުމަށް ބާއްވާ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަންނަވާނެއެވެ.
Foreign Minister H.E. @abdulla_shahid and External Affairs Minister of #India H.E. @DrSJaishankar hold bilateral talks.
Discussions centered on expanding and strengthening cooperation in a range of fields such as infrastructure development and capacity building. pic.twitter.com/yNEF4RGP5O— Ministry of Foreign Affairs 🇲🇻 (@MoFAmv) January 18, 2023
މި ދަތުރުފުޅުގެ ތެރެއިން ޖައިޝަންކަރު، ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ އަރިހަށް އިހްތިރާމްގެ ޒިޔާރަތެއް ކުރައްވާނެ ކަމަށާއި އަދި ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދުއާ ބައްދަލުކުރެއްވާ، އިންޑިއާ އާއި ރާއްޖެއާއި ދެމެދު މުހިންމު އެއްބަސްވުންތަކެއްގައި ސޮއިކުރުމަށް ހަމަޖެހިފަވާ ކަމަށް މައުލޫމާތުދީފައިވެއެވެ.