Last Updated: June 9, 14:14
Tuesday, June 9, 2026
ޚަބަރު

ބަނގުރާ އުފުލި އާރްސީސީގެ ޑްރައިވަރު ޑީޕޯޓްކޮށްފި

ރަޝީދު ކާޕެންޓްރީ އެންޑް ކޮންސްޓްރަކްޝަން (އާރްސީސީ) ކުންފުނީގެ ވޭނެއްގައި ބަނހގުރާ އުފުލި ބިދޭސީ ޑްރައިވަރު ޑީޕޯޓް ކޮށްލައިފިއެވެ.

އާރްސީސީގެ ވޭނަކުން ބަނގުރާ ފެނިފައިވަނީ ފުލުހުން އެ ވޭން ހުއްޓުވައި ބަލާފާސްކުރުމުގެ ތެރޭގައެވެ. އެ ވޭނުގެ ތެރެއިން ބަނގުރާ ފުޅިތަކާއި ދަޅުތަކެއް ފެނިފައިވާ ކަމަށް ފުލުހުން ބުނެއެވެ.

އެ މައްސަލައާ ގުޅިގެން އާރްސީސީން މިއަދު ކުރި ޓްވީޓެއްގައި ބުނެފައިވަނީ، ދިވެހިރާއްޖޭގައި ހެދިފައިވާ ގާނޫނުތަކާ ހިލާފު އެއްވެސް ކަމެއްް އެ ކުންފުނިން ނުކުރާނެ ކަމަށާއި އަދި ކުރާކަށް ހިތްވަރުވެސް ނުދޭނެ ކަމަށެވެ. އަދި ބަނގުރާ ފުޅިތަކެއްް ފެނުނު މައްސަލަ ފުލުހުން ތަހުގީގު ކުރުމަށްފަހު، އިހުމާލުވާ ޑްރައިވަރު ރާއްޖެ ނާދެވޭ ގޮތަށް މިއަދު ޑީޕޯޓް ކޮށްލާފައިވާ ކަމަށް ބުނެފައިވެއެވެ.

އާރްސީސީއަކީ ދަނގެތީ ދާއިރާގެ މެންބަރު އަދި އެމްއެންޕީގެ ރައީސް މުހައްމަދު ނާޒިމްގެ އާއިލީ ކުންފުންޏެކެވެ.