Last Updated: June 23, 13:06
Tuesday, June 23, 2026
ޚަބަރު

ޝީޝާ އިން ހަދިޔާކުރި ހެލްމެޓް މިއަދު ދޫކުރަނީ

އައްޑޫ ރައްޔިތުންނަށް ހަދިޔާއެއްގެ ގޮތުގައި ދޭން ޝީޝާ އިން ފުލުހުންނާ ހަވާލުކުރި ހެލްމެޓް މިއަދު ދޫކުރާ ގޮތަށް ހަމަޖެހިއްޖެ އެވެ.

ފުލުހުން ބުނީ ހެލްމެޓް ދޫކުރުން ކުރިއަށް ދާނީ މިއަދު ހަވީރު 5:00 އިން 6:00 އަށް މަރަދޫ ޕާކް ސަރަހައްދުގައި ކަމަށެވެ. ހެލްމެޓް ދޫކުރާނީ ގެންގުޅޭ ގަވާއިދަށް ނުފެތޭ ހެލްމެޓް ފުލުހުންނާ ހަވާލުކުރުމުން ކަމަށް ފުލުހުން ބުންޏެވެ.

މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުން ފެށިގެން އައްޑޫ ލިންކް ރޯޑްގައި ދުއްވާ އިރު، ބޭނުން ކުރަން ޖެހެނީ އެއްގަމު ދަތުރުފަތުރުގެ ގާނޫނުގައި ކަނޑައަޅާފައިވާ މިންގަނޑަށް ފެތޭ ރައްކާތެރ ހެލްމެޓެވެ. އަދި އެފަދަ ހެލްމެޓް ބޭނުން ނުކުރާ ނަމަ ގަވައިދުގެ ދަށުން ފުލުހުން އަންނަނީ ފިޔަވަޅު ވެސް އަޅަމުންނެވެ.

ޝީޝާ އިން އައްޑޫ ރައްޔިތުންނަށް ހަދިޔާކުރަން 500 ހެލްމެޓް ފުލުހުންނާ ހަވާލުކުރީ މިދިޔަ މަހުގެ 21 ގަ އެވެ.