Last Updated: June 23, 13:06
Tuesday, June 23, 2026
ޚަބަރު

އެސްޓީއޯގެ އެމްޑީ ނަޝީދުގެ ކެމްޕޭނަށް

އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު ހުސައިން އަމްރު، ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ތާއީދުކުރައްވައި، ކެމްޕޭނާ ގުޅިވަޑައިގެންފި އެެވެ.

މި މަހު ބާއްވާ އެމްޑީޕީގެ ޕްރައިމަރީ އަށް ނަޝީދު ކެމްޕޭން ކުރައްވަމުން ގެންދަވާ އިރު، މިއަދު ނަޝީދާ އެކީ އަމްރު ވަނީ ހުވަދު އަތޮޅަށް ވަޑައިގެންފަ އެވެ. އަމްރު އަކީ ނަޝީދުގެ ވެރިކަމުގައި އެމްޓީސީސީގެ ސީއީއޯގެ މަގާމު އަދާކުރެއްވި ބޭފުޅެކެވެ. އަދި އޭނަ އަކީ ނަޝީދާ އެކީ އެމްޑީޕީގައި ވަރަށް ގިނަ ދުވަހު މަސައްކަތް ވެސް ކުރައްވާފައި ބޭފުޅެކެވެ.

ސަރުކާރުގެ މައި ވިޔަފާރި ކުންފުނި، އެސްޓީއޯގެ އެމްޑީ ނަޝީދަށް ތާއީދު ކުރައްވަން ނިންމެވި އިރު، ޕްރައިމަރީގައ ނަޝީދާ ވާދަކިރައްވަނީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހެވެ.

ޕްރައިމަރީ އޮންނާނީ މި މަހުގެ 28 ގަ އެވެ.