Last Updated: June 24, 14:06
Wednesday, June 24, 2026
ޚަބަރު

ހާލިދު އަލުން ޕީއެސްއެމްގެ އެމްޑީއަކަށް

ޕަބްލިކްސް ސާވިސް މީޑިއާ (ޕީއެސްއެމް) ގެ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް އަނެއްކާ ވެސް އަލީ ހާލިދު އައްޔަންކޮށްފި އެވެ.

އޭނަ އެ މަގާމަށް ޕްރައިވެޓައިޒޭޝަން ބޯޑް (ޕީސީބީ) އިން އަލުން އައްޔަންކުރީ އިއްޔެ އެވެ. ޕީއެސްއެމްގެ އެމްޑީއަކަށް އަލީ ހާލިދު ފުރަތަމަ އައްޔަންކުރީ ޑިސެމްބަރު 25، 2018 ގަ އެވެ. އަދި އޭނަގެ ދައުރު މިދިޔަ މަހުގެ 25 އަށް ހަމަވެފައިވެ އެވެ.

ދެވަނަ ދައުރަކަށް އަލީ ހާލިދު މަގާމަށް އައްޔަންކުރުމާ ގުޅޭ ގޮތުން ޕީސީބީން ބުނީ އަލުން އައްޔަންކުރީ ދައުލަތުގެ ވިޔަފާރި ތަންތަން ޕްރައިވެޓައިޒް ކުރުމާއި ކޯޕަރަޓައިޒް ކުރުމާއި މޮނިޓަކޮށް، އިވެލުއޭޓް ކުރުމުގެ ގާނޫނުގެ ދަށުން ކަމަށެވެ.

އަލީ ހަލިދަކީ އޮސްޓްރޭލިއާގެ ސްޓަޓް ޔުނިވަސިޓީން ބިޒްނަސް އެޑްމިނިސްޓްރޭޝަން ހާސިލުކުރައްވާފައިވާ ބޭފުޅެކެވެ.