Last Updated: July 27, 18:03
Monday, July 27, 2026
މުނިފޫހިފިލުވުން

"ބަޅޭ އައްޗޭ 2" އަށް އާ ކާސްޓެއް

ސޮނީ ޓީވީން ދައްކަމުން އަންނަ ސިލްސިލާ "ބަޅޭ އައްޗޭ ލަގްތޭ ހޭ" ސީޒަން ދޭކަށް 20 އަހަރުގެ ލީޕެއް ގެންނަން ނިންމުމާ ގުޅިގެން އެ ޝޯގެ ލީޑުން ވަކިވާން ނިންމި ނަކުލް މެހެތާ އާއި ޑިޝާ ޕަރްމަރްގެ ބަދަލުގައި ލީޑަށް އާ ކާސްޓުންތަކެއް ނަގައިފި އެވެ.

ރިޕޯޓްތައް ބުނާ ގޮތުން ސިލްސިލާ އަށް މިހާރު ނަގާފައި ވަނީ ނިތީ ޓޭލާއި ސަންދީޕް ރާއީ އެވެ. ނިތީ އަކީ ދާދި ފަހުން ކަލާސް އިން ނިންމައިލި ޑާންސް ޝޯ، "ޖަލަކް ދިކްލާޖާ 10" ގެ ބައިވެރިއެކެވެ. އުމުރުން 28 އަހަރުގެ ބަތަލާ ކުރިން ކުޅުނު ސިލްސިލާތަކުގެ ތެރޭގައި "ބަޅޭ އައްޗޭ ލަގްތޭ ހޭ" ގެ ފުރަތަމަ ސީޒަނާއި "ޔޭ ހޭ އާޝިގީ" އާއި "ކެއިސީ ހޭ ޔާރިޔާން" އަދި "އިޝްގްބާޒް" ހިމެނެ އެވެ.

ރިޕޯޓްތައް ބުނާ ގޮތުން "ބަޅޭ އައްޗޭ ލަގްތޭ ހޭ 2" ގައި ނިތީ ފެނިގެން ދާނީ ނަކުލް (ރާމް) އާއި ޑިޝާ (ޕްރިޔާ) ގެ ދަރިފުޅުގެ ރޯލުންނެވެ.

މީގެ އާ ބަތަލަކަށް ނެގި ރަންދީޕް، 29، އެންމެ ފަހުން ކުޅުނު ސިލްސިލާ އަކީ ކަލާސްގެ "ބަލިކާ ވަދޫ 2" އެވެ. އޭނަ ކުޅުނު ސިލްސިލާތަކުގެ ތެެރޭގައި "ޔޭ އުން ދިނޯ ކީ ބާތު ހޭ" އާއި "ދިޔާ އޯރް ބާތީ ހަމް" ހިމެނެ އެވެ.

ނިތީ އާއި ރަންދީޕާ އެކީ "ބަޅޭ އައްޗޭ ލަގްތޭ ހޭ 2" ގެ ފެށުމަށް ތައްޔާރީތައް ވަމުން އަންނަ އިރު، އެ ބަދަލު ފެންނަން ފަށާނެ އިރެއް އިއުލާނެއް ނުކުރެ އެވެ.

މި ސިލްސިލާގެ ފުރަތަމަ ސީޒަން 2011-2014 އަށް ގެނެސްދިން އިރު އޭގެ ލީޑް ކުޅުނީ ރާމް ކަޕޫރާއި ސާކްޝީ ތަންވަރެވެ.