Last Updated: June 23, 13:06
Tuesday, June 23, 2026
ޚަބަރު

މާލޭގައި ޒަހަމްކޮށްލި މީހަކަށް ފަރުވާ ދެނީ

މާލޭގައި ތޫނު އެއްޗަކުން ހަމަލާދީ ޒަހަމްކޮށްލި މީހަކަށް ފަރުވާ ދޭން ފަށައިފި އެވެ.

ފުލުހުން ބުނީ ރޭ ދެންވަރު މާލޭގެ ލޮނުޒިޔާރަތް މަގު ޗާކޯލް ކެފޭ ކައިރީގައި ހިންގި މާރާމާރީއެއްގައި ތޫނު އެއްޗަކުން ހަމަލާދީ ޒަޚަމްކޮށްލީ 30 އަހަރުގެ ޒުވާނަކު ކަމަށެވެ. ރޭ ދަންވަރު 12:30 ގެ ފަހުން ހިނގި މި ހާދިސާއާ ގުޅިގެން ޒަހަމްވި މީހާ އަށް ފަރުވާ ދެމުން އަންނަނީ އޭޑީކޭ ހޮސްޕިޓަލްގަ އެވެ.

ނަމަވެސް އޭނަ އަށް ލިބުނު އަނިޔާހެ ތަފުސީލެއް ފުލުހުން ނުދެ އެވެ.

މި ހާދިސާ މިހާރު އަންނަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.