ޕޮޕް މިއުޒިކްގެ ކުރީގެ ރަސްގެފާނު މައިކަލް ޖެކްސަން ވާހަކަ ކިޔައިދޭ ބައޮގްރަފިކަލް ޑްރާމާއެއް ހަދަން ނިންމައިފި އެވެ.
ވެރައިޓީން ބުނީ "މައިކަލް" ގެ ނަން ދީފައިވާ ފިލްމު ލަޔަންސްގޭޓާ ގުޅިގެން ހަދަން ނިންމާފައި ވަނީ ޑައިރެކްޓަރު އެންޓޮއިން ފުގްއާ ކަމަށެވެ. އޭނަ އަކީ މިދިޔަ އަހަރު އެޕްލް ޓީޕީ ޕްލަސް އިން ގެނެސްދިން ވިލް ސުމިތުގެ "އެމަންސިޕޭޝަން" ގެ ޑައިރެކްޓަރެވެ. އެންޓޮއިން ހަދާފައިވާ ފިލްމުތަކުގެ ތެރޭގައި "ޓްރެއިނިން ޑޭ"، "ކިންގް އާތާ"، "އޮލިމްޕަސް ހޭޒް ފޯލެން" އަދި "ދަ މެގްނިފިޝަންޓް" ހިމެނެ އެވެ.
ކުޅަދާނަ ޑައިރެކްޓަރުގެ ކުރިއަށް އޮތް ފިލްމަކީ އޭނަގެ "އީކްއަލައިޒާ" ފްރެންޗައިޒްގެ ތިން ވަނަ ބައެވެ. އެ ފިލްމު ރިލީޒްކުރަން ތާވަލުކޮށްފައި އޮތީ ސެޕްޓެބަރު 1 ގަ އެވެ.
"މައިކަލް" އަށް ތައްޔާރީތައް ވަމުން އަންނަ އިރު، މީގެ ޝޫޓިން އޮތީ މިހާރު ފެށުމުގެ އެންމެ ފަހު މަރުހަލާގަ އެވެ. އެކަމަކު "ބޮހީމިއަން ރަޕްސޮޑީ" އާއި "ދި އޭވިއާޓޭ" އަދި "ދަ ޑިޕާޓެޑް" ފަދަ ފިލްމުތައް ގެނެސްދިން ޕްރޮޑިއުސަރު ގްރަހަމް ކިންގް ޕްރޮޑިއުސްކުރާ ފިލްމުގެ ޓައިޓްލް ރޯލު ކުޅޭނެ މީހަކު އަދި ހާމައެއް ނުކުރެ އެވެ.
"މައިކަލް" ގެ ސްކްރީންޕްލޭ ލިޔެފައި ވަނީ 2012 ގައި ގެނެސްދިން "ޖޭމްސް ބޮންޑް ސީރީޒްގެ ފިލްމު "ސްކައިފޯލް" ގެ ސްކްރީންޕްލޭގައި ހިއްސާވި ޖޯން ލޯގަން އެވެ.
ދުނިޔޭގައި އުފެދުނު އެނމެ ނުފޫޒު ގަދަ މިއުޒިކީ ޝަހުސިއްޔަތުންގެ ތެރޭގައި ހިމެނޭ މައިކަލް ޖެކްސަން ވަނީ 51 އަހަރުގައި 2009 ގައި މަރުވެފަ އެވެ.