އައްޑޫ ބިން ހިއްކުމުގެ މަޝްރޫއުގެ އަމަލީ މަސައްކަތް ލަސްވީ ސަރުކާރު ހިންގާ މައި ޕާޓީ، އެމްޑީޕީގެ ތެރެއިން އެޅި ހުރަސްތަކެއްގެ ސަބަބުން ކަމަށް މަރަދޫ ދާއިރާގެ މަޖިލިސް މެމްބަރު އިބްރާހީމް ޝަރީފް (މަވޯޓާ) ވިދާޅުވެއްޖެ އެވެ.
އޭނަ މިއަދު ކުރެއްވި ޓްވީޓްތަކެއްގައި ވިދާޅުވީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހު މިހާރު އެ ހުރަސްތައް ގިރާކޮށް ދެއްވުމުން ބިން ހިއްކުމުގެ މަސައްކަތް މިހާރު އޮތީ ފެށިފައި ކަމަށެވެ.
"ކަޑައެއް ޖެހީކީ ނޫން. މަސައްކަތް ފެއްޓީ. އިރާރަކުރެވިއްޔާ [މި އަހަރުގެ] އޮގަސްޓްގެ ކުރިން [ބިން ހިއްކައި] ނިމޭނެ." މަވޯޓާ ވިދާޅުވި އެވެ.
Addu City bin hikkun lasvegen dhiyaee amilla party ge etherein elhi huras thakuge sababun. Iraadha kurevviyyaa e hurasthah giraakoh @ibusolih e masakkaiy amalee gothun fattavaifi. Kada eh jeheekee noon. Masakkaiy fettee. Iraadha kurevviyyaa August kurin nimeyne
— Ibrahim Shareef (@AdduShareef) January 19, 2023
އޭނަ ވިދާޅުވި ގޮތުގައި ކޮންމެ މަޝްރޫއެއް ފައްޓަން ވެސް ޕްލޭންތަކެއްކޮށް، ފައިސާ ވެސް ހޯދަން ޖެހެ އެވެ.
Komme mashroou eh fattan ves plan kuran jehey. Finance hoadhan jehey. Mikan neygey bayakah verikan dheyn heyo vedhaane tho. Igthisaadhee kaarisaa eh mulhi dhuniye thahammalu kuramun dhaakan engivadai nugannavaa leader akah verikan dheyn heyo vaane tho?
— Ibrahim Shareef (@AdduShareef) January 19, 2023
"މިކަން ނޭނގޭ ބަޔަކަށް ވެރިކަން ދޭން ހެޔޮވާނެ ތޯ؟ އިގުތިސާދީ ކާރިސާއެއް މުޅި ދުނިޔެ ތަހަމައްމަލު ކުރަމުންދާކަން އެނގިވަޑައިނުގަންނަވާ ލީޑަރަކަށް ވެރިކަން ދޭން ހެޔޮވާނެ ތޯ؟" އެމްޑީޕީގެ ޕްރައިމަރީގައި ވާދަކުރައްވާ ރައީސް މުހައްމަދު ނަޝީދަށް އިޝާރާތްކުރައްވައި މަވޯޓާ ވިދާޅުވި އެވެ.
އައްޑޫ ބިން ހިއްކަން ސަރުކާރުން ނެދަލޭންޑްގެ ކުންފުންޏެއް ކަމަށްވާ ވެން އޫޑްއާ ހަވާލުކުރީ މިދިޔަ އަހަރުގެ މާޗް 27 ގަ އެވެ. އަދި އެ މަޝްރޫއުގެ އަމަލީ މަސައްކަތް ފެށީ މި މަހުގެ މި މަހުގެ 5 ގަ އެވެ. މި މަޝްރޫއަކީ އިންޑިއާގެ އެގްޒިމް ބޭންކްގެ 800 މިލިއަން ޑޮލަރުގެ ލައިން އޮފް ކްރެޑިޓް (އެލްއޯސީ) ގެ ދަށުން ހިންގާ މަޝްރޫއެކެވެ.
އައްޑޫގެ ބިން ހިއްކުމާ ގުޅޭ މުހިއްމު ބައެއް ކަންކަން:
* ޖުމްލަ 194.3 ހެކްޓަރުގެ ބިން ހިއްކާނެ
* ޖުމްލަ 11 ކިލޯމީޓަރު ސަރަހައްދެއްގައި ގޮނޑުދޮށް ހިމާޔަތްކުރާނެ
* ހިތަދޫން 90 ހެކްޓަރުގެ ބިން ހިއްކާނެ
* ހުޅުމީދޫން 23.3 ހެކްޓަރުގެ ބިން ހިއްކުމާއި ޓޫރިޒަމަށް ހާއްސަކޮށްގެން ފަސް ހެކްޓަރުގެ ދެ ރަށް ހިއްކުން
* މަރަދޫ/މަރަދޫފޭދޫން 76 ހެކްޓަރުގެ ބިން ހިއްކާނެ
* ޓޫރިޒަމަށް ހާއްސަކޮށްގެން ފަޅުތެރެއިން ހިއްކައިގެން އުފައްދާ 8.3 ހެކްޓަރުގެ ތިން ރަށާއި 3.3 ހެކްޓަރުގެ ދެ ރަށް ހިއްކުން
* މަޝްރޫއަށް 1.3 ބިލިއަން ރުފިޔާ ހޭދަވާނެ
އައްޑޫ ސިޓީ ކައުންސިލުން ބުނެފައިވާ ގޮތުގައި ބިން ހިއްކުމުގެ މި މަޝްރޫއުގެ ސަބަބުން މިހާރު އައްޑު އަށް އޮތް ބިމުގެ ދަތިކަން ކުރިއަށް 50 އަހަރަށް ހައްލުވާނެ އެވެ.