Last Updated: June 14, 13:25
Sunday, June 14, 2026
ޚަބަރު

ރޭޕްގެ ކުށް ސާބިތުވެ 40 އަހަރަށް ޖަލަށް

ސަތާރަ އަހަރުގެ ކުއްޖަކު ރޭޕްކުރި މައްސަލައެއްގައި މީހަކަށް 40 އަހަރުގެ ޖަލު ހުކުމެއް ކްރިމިނަލް ކޯޓުން އިއްޔެ އިއްވައިފި އެވެ.

މި ހުކުމް އައިސްފައި ވަނީ ލ. ކަލައިދޫ، މާކަރީލައިޓް މުޙައްމަދު ޝަޒުލީފުގެ މައްޗަށެވެ. އޭނާގެ މައްޗަށް ރޭޕުކުރުމުގެ ކުށާއި، ކުޑަކުއްޖަކު މެދުވެރިކޮށް އޮރިޔާން ކާޑު އުފެއްދުމުގެ ކުށުގެ ދައުވާ ދައުލަތުން އުފުލި އެވެ. އެ ދެ ދައުވާ އުފުލީ ޖެެނުއަރީ 6، 2018 ގައި އަންހެން ކުއްޖާ ކަލައިދޫ ވެތެރެއަށް ގެންގޮސް އޭނާ ރޭޕުކުރުމަށް ފަހު، ބަރަހަނާ ފޮޓޮ އާއި ވީޑިއޯ ނެގިކަމުގެ ތުހުމަތުގަ އެވެ.

ޝަޒުލީފުގެ މައްޗަށް އުފުލި ދެ ދައުވާގެ ތެރެއިން ރޭޕުގެ ކުށުގެ ދައުވާ ސާބިތުވުމުން އިއްވީ 20 އަހަރުގެ ޖަލު ހުކުމެކެވެ. އަދި ކުޑަކުއްޖަކު މެދުވެރިކޮށް އޮރިޔާން ކާޑު އުފެއްދުމުގެ ކުށުގެ ދައުވާ ސާބިތުވުމުން ވެސް އިއްވީ 20 އަހަރުގެ ހުކުމެކެވެ. އެއާ އެކީ އޭނަގެ މައްޗަށް އައިސްފައި ވަނީ ޖުމްލަ 40 އަހަރުގެ ހުކުމެކެވެ.

އެ ހުކުމް އޭނާ ތަންފީޒުކުރަން ޖެހެނީ މައްސަލައިގެ ތުހުމަތުގެ ބަންދުގައި ހޭދަކުރި 2 އަހަރާއި 1 މަހާއި 14 ދުވަސް އުނިކުރުމަށް ފަހު އޮތް މުއްދަތަށެވެ.