Last Updated: July 26, 06:31
Sunday, July 26, 2026
ޚަބަރު

ވިލިމާލޭގައި މާދަމާ މިނީ ބަހުގެ ހިދުމަތް ފަށަނީ

މާދަމާ އިން ފެށިގެން ވިލިމާލޭގައި މިނީ ބަހުގެ ހިދުމަތް ދޭން ފަށާނެ ކަމަށް އެމްޓީސީސީން ބުނެފި އެވެ.

އެ ކުންފުނީގެ ރާއްޖެ ޓްރާންސްޕޯޓް ލިންކް (އާރްޓީއެލް) ގެ ދަށުން ވިލިމާލެ އަށް ހިދުމަތް ދޭން މިހާރު ވަނީ އިލެކްޓިކް ހަ ބަސް ގެންގޮސްފަ އެވެ. އެ އަވަށުގައި ބަހުގެ ހިދުމަތް ފަށާނީ މާދަމާ ހަވީރު 4:30 ގަ އެވެ. އެމްޓީސީސީން ބުނީ ހިދުމަތް ފެށުމަށް ފަހު، ދެ ހަފުތާ ވަންދެން ހިލޭ ދަތުރު ވެސް ކުރެވޭނެ ކަމަށެވެ.

ވިލިމާލޭގެ ބަހުގެ ހިދުމަތަަށް ނަގާނެ އަގެއް އަދި ނުނިންމަ އެވެ.

މި ހިދުމަތް އެ އަވަށުގައި ދޭން ނިންމީ މާލެ ސިޓީ ކައުންސިލުން ވިލިމާލޭގައި ބަގީގެ ހިދުމަތް އަލުން ފެށުމަށް ތައްޔާރީތައް ވަމުން އަންނަނިކޮށެވެ. އެހެންވެ ކައުންސިލުން އެކަމަށް ފާޑު ވެސް ކިޔާފައިވެ އެވެ.

އާރްޓީއެލް ބަހުގެ ހިދުމަތް މިދިޔަ އަހަރުން ފެށިގެން މާލެ އާއި ހުޅުމާލޭގެ އިތުރުން ލ. އަތޮޅާއި ފުވައްމުލަކާއި އައްޑޫގައި ވެސް އަންނަނީ ދެމުންނެވެ.