Last Updated: July 26, 06:31
Sunday, July 26, 2026
ޚަބަރު

ސްމާޓް ސިޓީ ސޮލިއުޝަންތައް ރަށްތަކަށް

އއ. ތޮއްޑޫގެ ކައުންސިލާއެކު އޯޕަން އެކްސްސް ވިއުގަ ފަދަ ސްމާޓް އިންފްރާސްޓްރަކްޗާ އަދި ސްމާޓް ސޮލިއުޝަންތައް ތައާރަފު ކުރުމާ ގުޅޭ އެއްބަސްވުމެއްގައި އެޗްޑީސީން މިއަދު ސޮއިކޮށްފި އެވެ.

އެޗްޑީސީން ބުނީ މި އެއްބަސްވުމުގެ ދަށުން ކުރިއަށްގެންދާނެ ކަންކަމުގެ ތެރޭގައި، އޯޕަން އެކްސެސް ނެޓުވޯކެއް ގާއިމުކޮށް އެ ވިއުގަ މެދުވެރިކޮށް ސްމާޓް ފާމިން، ސްމާޓް ސަވައިލެންސް، ސްމާޓް ޕޯލް ފަދަ ސޮލިއުޝަންތައް ތޮއްޑޫގައި ތައާރަފު ކުރުން ހިމެނޭ ކަމަށެވެ.

ޒަމާނީ ޓެކްނޮލޮޖީއާއެކު ތައާރަފުވި ތަފާތު ސްމާޓް ސިޓީ ސޮލިއުޝަން ތަކާއެކު ހުޅުމާލެވެސް ސްމާޓް ސިޓީއަކަށް ހެދުމަށް އެޗްޑީސީން މަސަކަތް ފަށާ ހަލުވިކަމާއެކު ކުރިއަށް ދާތާ މިހާރު ވަނީ އަހަރަކަށްވުރެ ގިނަ ދުވަސް ވެފަ އެވެ.

ކާމިޔާބު ކަމާ އެކު ސްމާޓް ސިޓީ އިންފްރާސްޓްރަކްޗަރއެއްގެ މައިގަނޑު އަސާސް ކަމަށްވާ އޯޕަން އެކްސެސް ނެޓްވޯކެއް ގާއިމުކޮށް ސްމާޓް ސިޓީއެއްގެ ވަރުގަދަ ބިންގަލެއް މިހާރު ވަނީ ހުޅުމާލޭގައި އަޅާފަ އެވެ. އަދި މި މަސައްކަތަށް ހާއްސަ ސްމާޓްކޮމް ކިޔާ ބްރޭންޑެއް އުފައްދާ، ސްމާޓް ޕޯލް، ސްމާޓް ބެންޗް ، ޕަބްލިކް ވައިފައި ފަދަ އެތައް ސްމާޓް ސޮލިއުޝަންތަކެއް ދަނީ ތައާރަފު ކުރެވެމުންނެވެ.

އެޗްޑީސީން ބުނީ ސްމާޓް ސިޓީ ސޮލިއުޝަންތަކަކީ ހަމަ އެކަނި އާބާދީ ބޮޑު ސިޓީތަކަށް ހާއްސަ އެއްޗެއް ނޫންކަމަށް ގަބޫލުކުރާ ކަމަށެވެ. އެގޮތުން ކުދި ރަށްތަކުގައި ވެސް ޓެކްނޮލޮޖީގެ ޒަރިއްޔާ އިން ތަފާތު ސްމާޓް ޚިދުމަތްތައް ތައާރަފުކޮށް ރަށްފުށުގެ ރައްޔިތުންގެ ދިރިއުޅުންވެސް އުޖާލާ ކުރެވިދާނެ ކަމަށް ކަމަށް ގަބޫލުކުރާ ކަމަށް އެޗްޑީސީން ބުނެ އެވެ.