Last Updated: June 7, 09:51
Sunday, June 7, 2026
ކުޅިވަރު

"ވޯލްޑް ކަޕް" ގެ ރަސްމީ ލަވަ ލޯންޗްކޮށްފި

އަންނަ މަހުގެ ތެރޭގައި ފަށާ ދުނިޔޭގެ އެންމެ ބޮޑު ފުޓްބޯޅަ މުބާާރާތް ކަމަށްވާ "ވޯލްޑް ކަޕް 2014" ގެ ރަސްމީ ލަވަ ލޯންޗްކޮށްފި އެވެ.

"އޯލޭ އޯލާ" ގެ ނަން ދީފައިވާ މި ލަވަ ކިޔާފައި ވަނީ އެމެރިކާގެ މަޝްހޫރު ލަަވަކިއުންތެރިޔާ ޕިޓް ބުލް އެވެ. އޭނާ އާ އެކު ލަވަައަށް މަޝްހޫރު ލަވަ ކިއުންތެރިޔާ އަދި ބަތަލާ ޖެނިފާ ލޮޕޭޒާއި ކުލައުޑިއާ ލެއިޓޭ ފީޓްކޮށްފައިވެ އެވެ. ލަވަ އާންމުކޮށްފައި ވަނީ ވީޑިއޯ އާ ވެސް އެކުގަ އެވެ.

ފުޓްބޯޅައިގެ ގަދަ ބާރެއް ކަމަށްވާ ބްރެޒިލްގައި ބާއްވާ ވޯލްޑް ކަޕް މުބާރާތުގެ ރަސްމީ ލަވަ "އޯލޭ އޯލާ (ވީ އާ ވިތު ޔޫ)" ލޯންޗް ކުރުމާ އެކު، މި ލަވައަށް އަންނަނީ ބޮޑު ތަރުހީބެއް ލިބެމުންނެވެ.

ވޯލްޑް ކަޕްގައި 32 ޓީމް ވާދަ ކުރާނެ އެވެ.