Last Updated: June 23, 11:37
Tuesday, June 23, 2026
ޚަބަރު

40 އަހަރުގެ ޖަލު ހުކުމާ އެކީ ސީޕީގެ ތައުރީފު

ކުޑަކުއްޖަކު ރޭޕްކުރި މައްސަލާގައި ކްރިމިނިކަލް ކޯޓުން އިއްވި 40 އަހަރުގެ ހުކުމާ ގުޅިގެން އެ މައްސަލައިގެ ތަހުގީގުގައި އިސްކޮށް ހުންނެވި ފުލުހަށް ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު ތައުރީފުކުރައްވައިފި އެވެ.

ކްރިމިނަލް ކޯޓުން ބުދަ ދުވަހު ކުރި ހުކުމާ ގުޅިގެން ސީޕީ ކިރެއްވި ޓްވީޓެއްގައި ވިދާޅުވީ ލ. އަތޮޅު ކަލައިދޫގައި އަންހެން ކުއްޖާ ރޭޕްކުރި މައްސަލާގައި އެ ރަށު މާކަރީލައިޓް މުހައްމަދު ޝަޒުލީފުގެ މައްޗަށް ކުށް ސާބިތުވީ، އެ މައްސަލައިގެ ތަހުގީގު ކުރިއަށް ގެންދިޔަލެއް ފުރިހަމަ ކަުމުން ކަށެވެ. އެހެންވެ އެ ތަހުގީގައި އިސްކޮށް ހުންނެވި ސީނިއާ ސާޖަންޓް ހަސަން އާދިލްގެ މަސައްކަތްތަމަށް ސީޕީ ތައުރީފުކޮށް މަރުހަބާ ވިދާޅުވެފައިވެ އެވެ.

ސީޕީ ވިދާޅުވީ މި ހުކުމުން ހާމަވި ކަމަކީ އަންހެނުންނާއި ކުޑަކުދިންނަށް ކުރާ އަނިޔާތަކާ ދެކޮޅަަށް ފުލުހުން މަސައްކަތްކުރާ ކަން ކަމަށެވެ.

ޖެނުއަރީ 6، 2018 ގައި 17 އަންހެން ކުއްޖާ ރޭޕްކުރީ ކަލައިދޫ ވެތެރެއަށް ގެންގޮހެވެ. އަދި އަނާ ރޭޕުކުރުމަށް ފަހު، ބަރަހަނާ ފޮޓޮ އާއި ވީޑިއޯ ނެގިކަމުގެ ދައުވާ ޝަޒްލީފްގެ މައްޗަށް އުފުލި އެވެ. އޭނަ މައްޗަށް އުފުލި ދެ ދައުވާގެ ތެރެއިން ރޭޕުގެ ކުށުގެ ދައުވާ ސާބިތުވުމުން އިއްވީ 20 އަހަރުގެ ޖަލު ހުކުމެކެވެ. އަދި ކުޑަކުއްޖަކު މެދުވެރިކޮށް އޮރިޔާން ކާޑު އުފެއްދުމުގެ ކުށުގެ ދައުވާ ސާބިތުވުމުން ވެސް އިއްވީ 20 އަހަރުގެ ހުކުމެކެވެ. އެއާ އެކީ ޝަޒްލީފުގެ މައްޗަށް އައި ޖުމްލަ 40 އަހަރުގެ ޖަލު ހުކުމެކެވެ.