Last Updated: July 26, 06:31
Sunday, July 26, 2026
ޚަބަރު

އެސްޓީއޯ އާއި ސަޕްލަޔަރުން ގުޅުވާލަން އަރީބާ

ވިޔަފާރީގެ މުއާމަލާތްތަކަށް މިހާރު ދުނިޔޭގެ ކުންފުނިތަކުން ބޭނުންކުރާ އެސްއޭޕީ އަރީބާ ނެޓުވޯކް އެސްޓީއޯ އަށް ތައާރަފުކޮށްފި އެވެ.

އެ ވިއުގަ ތައާރަފުކުރުމަށް ކުރުމަށް ބޭއްވި ހަފުލާގައި އަރީބާ ނެޓްވޯކް ތައާރަފުކޮށްދެއްވީ އެސްޓީއޯގެ ޖެނެރަލް މެނޭޖަރު މުހައްމަދު ޝިފާނެވެ.

އެސްޓީއޯ އިން ބުނީ އެ ނެޓްވޯކަކީ ފަސް ދުވަހުގެ ޕްރޮކިއުމަންޓު މަސައްކަތް ފަސް ގަޑިއިރަށް ބަދަލުކޮށްދޭނެ ނެޓްވޯކެއް ކަމަށާއި ނެޓްވޯކަށް މަސައްކަތްތައް ބަދަލު ކުރާނީ، ނެޓްވޯކާ ގުޅޭ ގޮތުން ސަޕްލަޔަރުންނަށް ބޭނުންވާ މައުލޫމާތު ހިއްސާކޮށް، އެ ނެޓްވޯކަށް އަހުލުވެރިވުމުން ކަމަށެވެ. އަދި މީގެ ސަބަބުން އެސްޓީއޯގެ މަސައްކަތްތަކަށް ބޮޑު ކުރިއެރުމަކާއި ފަސޭހައެއް ލިބިގެން ދާނެ ކަމަށް އެ ކުންފުނިން ބުންޏެވެ.

އަރީބާ ނެޓްވޯކަކީ ކްލައުޑް ބޭސްޑް އޮންލައިން ނެޓްވޯކެކެވެ. އޭގެ އެހީ ސަޕްލަޔަރުންނާ ކުރަން ޖެހޭ ހުރިހާ މުއާމަލާތްތަކެއް ވަރަށް ފަސޭހަކަމާ އެކީ ކުރެވޭނެ އެވެ. އެގޮތުން ބިޑަށް ހުޅުވާލުމާއި، ބިޑު ހުށަހެޅުމާއި، ތަކެތީގެ ކޯޓޭޝަން ހުށަހެޅުމާއި، އޯޑަރުކޮށް ކޮންފާމް ކުރުމާއި ޑެލިވަރީ ނޮޓިފިކޭޝަން ފަދަ ކަން ކުރެވޭނެ އެވެ.

އެސްޓީއޯ އިން ބުނީ އަރީބާ ނެޓްވޯކު ބޭނުން ކުރަން ސަޕްލަޔަރުން އެއްވެސް ފީއެއް ދައްކަން ނުޖެހޭނެ އެވެ.