Last Updated: June 14, 13:25
Sunday, June 14, 2026
ޚަބަރު

އީވާ ހުންނެވީ ބޮޑުވަޒީރުކަން ކުރައްވާ ގޮތަށް

ރާއްޖެ އަށް ބަރުލަމާނީ ނިޒާމެއްގެ ގެނެވުނު އިރަކުން ބޮޑުވަޒީރު ކަމަށް ކުރިމަތިލައްވާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު އުތުރު ދާއިރާ މެންބަރު އީވާ އަބްދުﷲ ވިދާޅުވެއްޖެ އެވެ.

އީވާގެ ބޮޑުބޭބެއެއް ކަމަށްވާ ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަކީ ވެސް ރާއްޖެ އަށް ބަރުލަމާ ނިޒާމު ގެންނަވަނަ ވަކާލާތު ކުރައްވަމުން ގެންދަވާ ބޭފުޅެކެވެ. އަދި ނަޝީދު ވެސް ބޮޑުވަޒީރަކަށް ވަޑައިގަންނަވަން ޝައުގުވެރިކަން ފާޅުކުރައްވާފައިވެ އެވެ.

ސޯސަލް އަށް ދެއްވި އިންޓަވިއުއެއްގައި ރައްޔިތުންހެ މަޖިލީހުގެ ނައިބު ރައީސްގެ މަގާމު އަދާކުރައްވަމުން ގެންދަވާ އީވާ ވިދާޅުވީ ރާއްޖޭގައި މިހާރު އޮތް ރިޔާސީ ނިޒާމަކީ ގަބޫލު ކުރެވޭ ނިޒާމެއް ނޫން ކަމަށެވެ. އަދި ރާއްޖެ އަށް ބޭނުން ވަނީ ބަރުލަމާނީ ނިޒާމެއް ކަމަށާއި އެ ނިޒާމު ގެނެވެމުން އޭނަ ބޮޑުވަޒީރުކަމަށް ވަޑައިގަންނަވަން ބޭނުންވެވަޑައިގަންނަވާ ކަމަށް ވިދާޅުވި އެވެ.

ރާއްޖެ އަށް ބަރުލަމާނީ ނިޒާމު ގެންނަން ފެންނަ ނުފެންނަ ވޯޓެއް ނަގަން ނަޝީދު މިދިޔަ އަހަރު ވަރަށް ބޮޑަށް ވަކާލާތުކުރެއްވި އެވެ. އަދި އެ މައްސަލަ މިދިޔަ އަހަރު އެ މައްސަލަ އެމްޑީޕީގެ ކޮންގްރެސް އަށް ވެސް ހުށަހެޅުއްވި އެވެ. ނަމަވެސް ފަހުން އެމްޑީޕީގެ ތެރެއިން ކުރިމަތިވި ފިއްތުންތަކާ ހެދި އެ މައްސަލަ ނެންގެވި އެވެ.