Last Updated: March 29, 06:12
Friday, March 29, 2024
މުނިފޫހިފިލުވުން

ނޯރާގެ އާ ވީޑިއޯ ލަވައެއް

އެތައް ލަވައަކުން ނެށުމުގެ ހުނަރު ދައްކާލައިގެން ބެލުންތެރިންގެ ހިތްތައް ފަތަހަކޮށްފައިވާ ބޮލީވުޑްގެ މަޝްހޫރު "އައިޓެމް ގާލް" ނޯރާ ފަތުހީގެ އާ ވީޑިއޯ ލަވައެއް އާންމުކޮށްފި އެެވެ.

ޓީ ސީރީޒްގެ ތައްގަނޑުގައި ނެރެފައިވާ މި ލަވަ އަކީ އެއްވެސް ފިލްމެއްގެ ލަވައެއް ނޫނެވެ. އެކަމަކު "އައްޗާ ސިލާ ދިޔާ" ގެ ނަން ދީފައިވާ ލަވައިގައި ނޯރާއާ އެކީ ފެނިގެން ދަނީ ބޮލީވުޑްގެ އެކްޓަރު ރާޖްކުމާރު ރާއޯ އެވެ. ރާޖްގެ 2018 ގެ ފިލްމު "އިސްތިރީ" ގައި ވެސް ނޯރާގެ ލަވައެއް ހިމެނެ އެވެ. އެއީ "ކަމަރިއާ" އެވެ.

މި ފަހަރު މި ދެ ތަރިން އެކީގައި ފެންނަ ވީޑިއޯ ލަވަ އަކީ ވަރަށް ޖަޒުބާތީ ލަވައެކެވެ. "އައްޗާ ސިލާ ދިޔާ" ގެ މިއުޒިކް ހަދައި ލަވަ ކިޔާފައި ވަނީ މި ފަހުން ވަރަށް މަގުބޫލުތަކެއް ގެނެސްދީފައިވާ ބީ ޕްރާކެވެ. ލަވައިގެ ޅެން ހަދާފައި ވާނީ ޖާނީ އެވެ.

ނޯރާ މިހާތަނަށް ވަރަށް ގިނަ ލަވަތަކުން ފެނިފައިވެ އެވެ. އޭގެ ތެރޭގައި ފިލްމުތަކުގައި ނުހިމެނޭ ލަވަތައް މާ ގިނަ އެވެ. ފިލްމުތަކުން މަޝްހޫރުވި އޭނަގެ ލަވަތަކުގެ ތެރޭގައި "ދިލްބަރު"، "އޮ ސާކީ ސާކީ"، "އޭކް ތޮ ކަމް ޒިންދަގާނީ"، "ގަރުމީ"، "ކުސޫ ކުސޫ" އަދި "މަނިކެ" ފާހަގަކޮށްލެވެ އެވެ.