Last Updated: June 23, 11:37
Tuesday, June 23, 2026
ޚަބަރު

ރައީސް ދެން ވަޑައިގަންނަވާނީ ހުވަދު އާއި ފުވައްމުލަކަށް

އެމްޑީޕީގެ ޕްރަމަރީގެ ކެމްޕޭނަށް މާދަމާ ރައީސް އިބްރާހީމް މުހައްމަދު ސޯލިހު އިތުރު ދެ އަތޮޅަކަށް ފުރާވަޑައިގަންނަވާ ގޮތަށް ހަމަޖެހިއްޖެ އެވެ.

އެގޮތުން މާދަމާ ހުވަދު އަތޮޅަށް ވަޑައިގަތުމަށް ފަހު، ކެމްޕޭނަށް ފުވައްމުލަކަށް ވެސް ވަޑައިގަންނަވާނެ އިރު އެވެ. ރައީސް މި ހަފުތާގެ ތެރޭގައި އެންމެ އުތުރުގެ ބައެއް އަތޮޅުތަކަށް ކުރެއްވި ދަތުރު ނިންމަވާލައްވައި މިއަދު މާލެ ވަޑައިގަތީ ލ. އަތޮޅަށް ވަޑައިގެންނެވުމަށް ފަހު އެވެ.،ހައްދުންމަތީގެ ދަތުރުގެ ތެރެއިން ހދ. ހދ. އަދި ށ. އަތޮޅުގެ ބައެއް ރަށްތަކަށް ރައީސް ވަޑައިގެންނެވި އެވެ.

މިރޭ މާލޭގެ އާޓިފިޝަލް ބީޗްގައި ރައީސްގެ ކެމްޕޭން ޖަލްސާއެއް އޮންނާނެ އެވެ.

ރައީސް ވަރަށް ފޯރީގައި މިހާރު ކެމްޕޭން ކުރައްވަމުް ގެންދަވާ އިރު، ކުރިން ވަޑައިގެންނެވި އަތޮޅުތަކުގެ ތެރޭގައި ރ. ނ. ޅ، ބ އަދި އައްޑޫ ހިމެނެ އެވެ.

އެމްޑީޕީގެ ޕްރައިމަރީ އޮންނާނީ މި މަހުގެ 28 ގަ އެެވ. އޭގައި ވާދަކުރައްވަނީ ރައީސާއި ކުރީގެ ރައީސް މުހައްމަދު ނަޝީދެވެ.