Last Updated: April 26, 10:52
Friday, April 26, 2024
މުނިފޫހިފިލުވުން

ހަ ވަނަ ސީޒަނުން "ކޯބްރާ ކާއީ" ނިންމާލަނީ

ނެޓްފްލިކްސްގެ މަގުބޫލު މާޝަލް އާޓްސް ކޮމެޑީ ސީރީޒް "ކޯބްރާ ކާއީ" އޭގެ ކުރިއޮތް ހަ ވަނަ ސީޒަނާ އެކީ ނިންމައިލާ ގޮތަށް ހަމަޖައްސައިފި އެވެ.

މިކަން އިއްޔެ އިއުލާންކޮށް ނެޓްފްލިކްސް އިން ބުނީ ވަރަށް އަވަހަށް ހަ ވަނަ ސީޒަން އަންނާނެ ކަމަށެވެ. ނަމަވެސް އިތުރު އެއްވެސް ތަފުސީލެއް ނެތެވެ. "ކޯބްރާ ކާއީ" އަކީ އެންމެ ފުރަތަމަ 2018 ގައި ޔޫޓިއުބްގައި ގެނެސްދޭންް ފެށި އެއްޗެކެވެ. އަދި މި ސީރީޒް ރައިޓްސް ނެޓްފްލިކްސް އިން ހޯދީ 2020 ގަ އެވެ. އޭގެ ފަހުން 2021 ގައި ތިން ވަނަ ސީޒަން އެ ޕްލެޓްފޯމުން ޕްރީމިއާކުރި އެވެ.

މިހާތަނަށް ގެނެސްދިން ފަސް ސީޒަނާ އެކީ "ކޯބްރާ ކާއި" ގެ ޖުމްލަ 50 އެޕިސޯޑް ގެނެސް ދީފައިވެ އެވެ. މި އަހަރު ގެނެސްދޭ ހަ ވަނަ ސީޒަނާ އެކީ މި ނިންމައިލާ އިރު، ސީރީޒްގެ މޭސްތިރިންނަކީ ޖޯޝް ހީލްޑާއި ޖޮން ހާވިޒްގެ އިތުރުން ހޭޑެން ޝްލޮސްބާގެވެ.

ބޮޑު ކާސްޓެއް ހިމެނޭ "ކޯބްރާ ކާއީ" އަކީ އެތައް އެވޯޑެއް ވެސް ހޯދާފައިވާ އެއްޗެކެވެ.