މި އަހަރު ފެށުނު ފަހުން ރާއްޖެ އަށް އައި ޓޫރިސްޓުންގެ އަދަދު ލައްކައަކާ ގާތްކޮށްފި އެވެ.
ޓޫރިޒަމް މިނިސްޓްރީން މިއަދު އާންމުކުރި ޓޫރިޒަމްގެ ދާއިރާގެ އެންމެ ފަހުގެ ހިސާބުތަކުން ދައްކާ ގޮތުގައި މި މަހުގެ 18 އާ ހަމައަށް ޖުމްލަ 97،873 ޓޫރިސްޓުން އައިސްފައިވެ އެވެ. މިދިޔަ އަހަރުގެ އެ މުއްދަތުގެ ތެރޭގައި ރާއްޖެ އައީ 79،718 ޓޫރިސްޓުންނެވެ.
ރާއްޖެ އަށް މިހާރު ޓޫރިސްޓުން އަންނަ އެންމެ ބޮޑު މާކެޓަކީ ރަޝިއާ އެވެ. އެ ގައުމުން މިހާތަނަށް 15،218 ޓޫރިސްޓުން އައިސްފައިވެ އެވެ. ގަދަ ތިނެކަށް ބަލާ އިރު ދެވަނަގައި އޮތް އިޓަލީން އައިސްފައި ވަނީ 10،660 ޓޫރިސްޓުންނެވެ. އަދި ތިން ވަނައިގައި އޮތް އިންޑިއާ އިން އައީ 9،242 ޓޫރިސްޓުންނެވެ.

ރާއްޖޭގެ ޓޮޕް 10 މާކެޓަށް ބަލާ އިރު ލިސްޓްގައި ދެން ހިމެނެނީ އިނގިރޭސިވިލާތް، ޖަރުމަން، އެމެރިކާ، ފްރާންސް، ކަޒަކަސްތާން، އޮސްޓްރޭލިއާ އަދި ސްވިޓްޒަލޭންޑެވެ.
ރާއްޖޭގެ މި އަހަރުގެ އަމާޒަކީ އަހަރު ނިމުމުގެ ކުރިން މަދުވެގެން 1.8 މިލިއަން ޓޫރިސްޓުން ގެނައުމެވެ. މިދިޔަ އަހަރު މިލިއަނަށް ވުރެ ގިނަ ޓޫރިސްޓުން އަ އެވެ. އެގޮތުން ބޭރުގެ މާކެޓްތަކުގައި ރާއްހެ ޕްރޮމޯޓްކޮށް، އިޝްތިހާރުކުރުމުގެ މަސައްކަތް އެމްއެމްޕީއާރްސީން އަންނަނީ ކުރަމުންނެވެ.