Last Updated: July 22, 18:06
Wednesday, July 22, 2026
ދުނިޔެ

ރިޝީ އަށް 100 ޕައުންޑްގެ ޖޫރިމަނާއެއް

ސީޓް ބެލްޓް ނާޅުއްވައި ކާރުން ދަތުރު ކުރެއްވި މައްސަލާގައި އިނގިރޭސި ބޮޑުވަޒީރު ރިޝީ ސުނަކް ޖޫރީމަނާކޮށްފި އެވެ.

މިިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެ މަގާމަށް ވަޑައިގެންނެވީ 42 އަހަރުގެ ބޮޑުވަޒީރު ލެންކަޝަޔާ ޕޮލިހުން ޖޫރިމަނާކުރީ 100 ޕައުންޑުންނެވެ. އެއީ ދަތުރުކުރެއްވި ކާރުގެ ފަހަތު ސީޓްގައި އިންނެވި އިރު، ސީޓް ބެލްޓް ނާޅުއްވައި އިނުމުންނެވެ. މިކަމާ ގުޅިގެން ބައެއް އާންމުންގެ ފާޑުކިޔުންތައް ވެސް ރިޝީ އަށް އަމާޒުވި އެވެ.

ބޮޑުވަޒީރު ފަހުން ވަނީ ކުރެއްވުނީ ކުށެއް ކަމަަށް ގަބޫލުކުރައްވައި މައާފަށް ވެސް އެދިވަޑައިގެންފަ އެވެ.

މީޑިއާތަކުން ބުނީ ސީޓް ބެލްޓް ނޭޅި މައްސަލަ ކޯޓާ ހަމައަށް ދިޔަ ނަމަ ރިޝީ އަށް 500 ޕައުންޑްގެ ޖޫރިމަނާއެއް އައީސް ކަމަށެވެ.