Last Updated: April 23, 23:56
Tuesday, April 23, 2024
މުނިފޫހިފިލުވުން

ތާހިރާ ދެވަނަ ފިލްމެއް ހަދަނީ

ބޮލީވުޑްގެ އެކްޓަރު އަޔޫޝްމަން ކްރާނާގެ އަންހެނުން ތާހިރާ ކޭޝަޕް ދެވަަނަ ފިލްމެއް ޑައިރެކްޓްކުރަން އިއުލާންކޮށްފި އެވެ.

އޭނަގެ ފުރަތަމަ ފިލްމު "ޝަރުމާޖީ ކީ ބޭޓީ" ރިލީޒް ނުވަނީސް އިއުލާންކުރި ދެވަނަ ފިލްމަކީ ކޮމެޑީ ޑްރާމާ ނުވަތަ ޑްރަމެޑީއެކެވެ. މީގެ ޕްރޮޑިއުސަރަކީ "ގޭންގް އޮފް ވަސޭޕޫރް" އާއި "ދަ ލަންޗް ބޮކްސް" ގެ އިތުރުން "މަސާން" އާއި "ޕަގްލައިޓް" ފަދަ ފިލްމުތައް ގެނެސްދިން ގުނީތު މޮންގާ އެވެ.

ތާހިރާގެ ދެވަނަ ފިލްމުގެ ނަމާއި އޭގެ ކާސްޓުން އަދި އިއުލާނެއް ނުކުރެ އެވެ.

މި އަހަރު ރިލީޒްކުރަން ހަމަޖެހިފައިވާ އޭނަގެ ފުރަތަމަ ފިލްމު "ޝަރުމާޖީ ކީ ބޭޓީ" ގެ ކާސްޓުންނަކީ ސައްޔާމީ ކޭރާއި ދިވްޔާ ދައްތާގެ އިތުރުން ސާކްޝީ ތަންވަރެވެ. ދެ ކުދިންގެ މަންމަ ތާހިރާ، 40، ކުރިން ކުރު ފިލްމުތަކެއް ވެސް ހަދާފައިވެ އެވެ.

"ޝަރުމާޖީ ކީ ބޭޓީ" ޕްރޮޑިއުސްކޮށްފައި ވަނީ އެޕްލޯސް އެންޓަޓައިންމަންޓާއި އެޕްލިސިސް އެންޓަޓައިންމަންޓް ގުޅިގެންނެވެ.