Last Updated: June 23, 11:37
Tuesday, June 23, 2026
ޚަބަރު

ކިނބޫ ކަނޑަށް ދޫކޮށްލައިފި

ހއ.ހޯރަފުށި ކައިރިން އިއްޔެ ހިފި ކިނބޫ ކަނޑަށް ދޫކޮށްލައިފި އެވެ.

އެމްއެންޑީފުން ބުނީ އެ ކިނބޫ މަސްވެރިންތަކެއް ބޭނީ ހޯރަފުއްޓާ އެއް ފަޅެއްގައި އޮންނަ އުނގުލުފިނޮޅާއި ހުވަހަންދޫއާ ދެމެދުން ކަމަށެވެ.

އެ ހާދިސާގެ މަޢުލޫމާތު އެމްއެންޑީއެފް ނޮދަން އޭރިއާ ކޯސްޓްގާޑް ފަސްޓް ސްކޮޑްރަންއަށް ލިބުނީ އިއްޔެ މެންދުރު ފަހު 1:00 ޖަހަން އުޅެނިކޮށެބެ. އެ މަޢުލޫމާތު ލިބުމުން އެމްއެންޑީއެފް ކޯސްޓްގާޑް ފަސްޓް ސްކޮޑްރަންގެ ސިފައިން ދިޔަ އިރު، އެ ސަރަހައްދުގައި މަސް ބާނަން އުޅުނު ދޯނިން އޮތީ ކަންވާރެއްގައި ކިނބޫ ބާނައިފަ އެވެ. އަދި ސިފައިން، އެމްއެންޑީއެފް ކޯސްޓްގާޑު އުޅަނދަށް އެ ކިނބޫ ނެގި އެވެ.

ދިގުމިނުގައި ގާތްގަނޑަކަށް 6 ފޫޓު ހުރި މި ކިނބޫ ހިފުމަށް ފަހު ހޯރަފުށީގެ ހުޅަނގުން 45 ވަރަކަށް ނޯޓިކަލް މޭލު ބޭރަށް ވަނީ ދޫކޮށްލައިފަ އެވެ.

މީގެ ދެ ހަފުތާއެއް ދުވަސް ކުރިން ކ. ބޮލިދުއްފަރު ކައިރިން ވެސް މި މަހުގެ 12 ވަނަ ދުވަހު ކިނބުލެއް ފެނިފައިވެ އެވެ. އެ ކިނބޫ ވެސް ހިފައި ސިފައިން ފަހުން އޭތި ކަނޑަށް ދޫކޮށްލި އެވެ.