Last Updated: July 26, 18:11
Sunday, July 26, 2026
ޚަބަރު

ނަޝީދުގެ ކެމްޕޭން ނިންމުމަށް މާލޭގައި ޖަލްސާއެއް ބާއްވަނީ

މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ، އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާފައިވާ އެމްޑީޕީގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ކެމްޕޭން ނިންމުމަށް މާލޭގައި ޖަލްސާއެއް ބޭއްވުމަށް ނިންމައިފިއެވެ.

ރައީސް ނަޝީދު ވަނީ މި ކެމްޕޭންގެ ތެރެއިން މާލޭގައި އެއް ޖަލްސާ ބާއްވާފައެވެ. އެ ޖަލްސާއަށް ގިނަ ބައެއްގެ ތާއީދު ލިބިފައިވެއެވެ.

ކެމްޕޭން ނިންމުމަށް ބާއްވާ ޖަލްސާ ބޭއްވުމަށް ހަމަޖެހިފައިވަނީ 26 ޖަނަވަރީ 2023 ވާ ބުރާަސްފަތި ދުވަހުގެ ރޭ 20:30ގައި އާޓިފިޝަލް ބީޗްގައެވެ. އެ ޖަލްސާއަށް ރައީސް ނަޝީދަށް ތާއީދުކުރާ ފަރާތްތަކަށް ދައުވަތު އަރުވާފައިވެއެވެ.

މި އިންތިހާބުގައި ރައީސް ނަޝީދާ ވާދަކުރައްވާ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްވެސް ވަނީ މާލޭގައި ޖަލްސާއެއް ބާއްވާފައެވެ. އެ ޖަލްސާއަށް ރާއްޖޭގެ އެކި ރަށްރަށުން މީހުން ގެންދިއުމުން އެކަމުގެ ފާޑުކިޔުން ސަރުކާރަށް އަމާޒުވެފައިވެއެވެ.

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ ބޭއްވުމަށް ހަމަޖެހިފައިވަނީ ޖެނުއަރީ 28 ވަނަ ދުވަހުއެވެ.