ދިވެހިންނަކީ އެއް ބައެއް ކަމަށާއި ސިޔާސީ ބޭނުމަށްޓައި ގައުމު ބައިބައިކޮށް ފޮތިފޮތި ޖަހާ ވާހަކަ ދެއްކުމަކީ މަސްލަހަތު ގެއްލިދާނެ ކަމެއް ކަމަށް ރައްޔިތުންގެ މަލިޖީހުގެ މަރަދޫ ދާއިރާގެ މެމްބަރު އިބްރާހީމް ޝަރީފް (މަވޯޓާ) ވިދާޅުވެއްޖެ އެވެ.
އެމްޑީޕީގެ ޕްރައިމަރީ އަށް ކެމްޕޭން ކުރައްވަމުން ގެންދަވާ ކުރީގެ ރައީސް މުހައްމަދު ނަޝީދު ދައްކަވަމުން ގެންދަވާ ބައެއް ވާހަކަތަކަށް އިޝާރާތް ކުރައްވައި މަވޯޓާ މިއަދު ކުރެއްވި ޓްވީޓްތަކެއްގައި ވިދާޅުވީ ރާއްޖޭގެ ހުރިހާ ވަސީލަތަކީ ހުރިހާ ރައްޔިތުންނަށް ނިސްބަތްވާ އެއްޗެހި ކަމަށެވެ.
Raajje ge hurihaa vaseelathakee hurihaa rayyithunnah nisbaiy vaa ehcheh. Dhivehinnakee eh bayeh. Eh dheen egge ahuluverin. Mi gaumu bai bai koh fothi fothi jahaa vaahaka akee mulhi gaumuge maslathu gelligen hingaidhaane fadha nurakkaa theri vaahaka eh
— Ibrahim Shareef (@AdduShareef) January 22, 2023
"ދިވެހިންނަކީ އެއް ބައެއް. އެއް ދީނެއްގެ އަހުލުވެރިން. މި ގައުމު ބައިބައިކޮށް ފޮތިފޮތި ޖަހާ ވާހަކަ ދެއްކުމަކީ މުޅި ގައުމުގެ މަސްލަހަތު ގެއްލިގެން ހިނގައިދާނެ ފަދަ ނުރައްކާތެރި ވާހަކަތަކެއް." މަވޯޓާ ވިދާޅުވި އެވެ.
އޭނަ ވިދާޅުވީ ނަޝީދު ރާއްޖެ އަށް ގެންނަން އުޅުއްވާ ވެރިކަމުގެ ނިޒާމަކީ ވެސް ރާއްޖެއާ ގުޅޭ ނިޒާމެއް ނޫން ކަމަށެވެ. ނަޝީދަކީ ރާއްޖެ އަށް ބަރުލަމާނީ ނިޒާމު ގެންނަވަން ވަކާލާތު ކުރައްވާ ބޭފުޅެކެވެ.
Aabaadhee ethah satheyka million ah araa, lethah lakka aka kilometre bin onna ethah naslakaa ethah dheenegge meehun ulhey madhu gaumehga federal nizam hingiyas e ee @MohamedNasheed vidhaalhu viyas Rajjeaa gulhey nizameh noon.Gaumu baibaive fasaadh vun mikaha debate netheejaa akee
— Ibrahim Shareef (@AdduShareef) January 22, 2023
"އާބާދީ އެތައް ސަތޭކަ މިލިއަނަށް އަރާ އެތައް ކިލޯމީޓަރަކަށް ބިން އޮންނަ އެތައް ނަސްލަކަށް، އެތައް ދީނަކަށް އުޅޭ މަދު ގައުމެއްގައި ފެޑަރެލް ނިޒާމު ހިންގިޔަސް އެއީ ނަޝީދު ވިދާޅުވިޔަސް ރާއްޖެއާ ގުޅޭ ނިޒާމެއް ނޫން،" މަވޯޓާ ވިދާޅުވި އެވެ. "ގައުމު ބައިބައިވެ ފަސާދަވުން މިކަހަލަ ޑިބޭޓްތަކުގެ ނަތީޖާ އަކީ."
އެހެންވެ އެފަދަ ވާހަތަކުން ވާނެހާ ވެސް ކަމަކީ ގައުމުގެ މަސްލަހަތު ގެއްލުން ކަމަށް ވިދާޅުވި އެވެ.