އެމްޑީޕީގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު މާދަމާ އައްޑޫސިޓީއަށް ވަޑައިގަތުމަށް ހަމަޖެހިއްޖެއެވެ.
ރައީސް ނަޝީދު އައްޑުއަށް ވަޑައިގަންނަވަނީ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ކެމްޕޭނަށެވެ.
އެގޮތުން ޖެނުއަރީ 23 އަދި 24 ވަަނަ ދުވަހު ރައީސް ނަޝީދު އައްޑޫގައި ކެމްޕޭން ހަރަކާތްތައް ކުރިއަށް ގެންދަވާނެއެވެ.
ރައީސް ނަޝީދު އައްޑުއަށް ވަޑައިގަންނަވާއިރު، އެމަނިކުފާނާ މި އިންތިހާބުގައި ވާދަކުރައްވާ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްވެސް ވަނީ މިފަހުން ކެމްޕޭނަށް އައްޑުއަށް ވަޑައިގެންފައެވެ.
އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ކެމްޕޭން ފޯރީގައި ކުރިއަށްދާއިރު، މިފަހުން ރައީސް ނަޝީދު ވިދާޅުވެފައިވަނީ އެމަނިކުފާނުގެ ރަނިންމޭޓަކަށް ވާނީ އައްޑޫއަށް ނިސްބަތްވާ ބޭފުޅެއް ކަމަށެވެ.
އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ ބޭއްވުމަށް ހަމަޖެހިފައިވަނީ ޖެނުއަރީ 28 ވަނަ ދުވަހުއެވެ.