Last Updated: June 9, 14:14
Tuesday, June 9, 2026
ޚަބަރު

މަސްދޯންޏެއް ބިންދައިގެން ގޮސްފި

ބިންދައިގެން ގޮސްފައިވަނީ ދާންދޫ "ފަހިރޯދި" ދޯނި-

ގއ. ދާންދޫ މަސްދޯންޏެއް ބިންދައިގެން ގޮސްފިއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ބިންދައިގެން ގޮސްފައިވަނީ ދާންދޫ "ފަހިރޯދި" ނަމަކަށް ކިޔާ ދޯންޏެވެ.

މި ދޯނި ބިންދައިގެން ގޮސްފައިވަނީ ރޭ ދަންވަރު ވަގުތެއްގައެވެ. މި ހާދިސާގައި ދޯނި ބިންދައިގެން ދިއުމުގެ ސަބަބުން ދޯންޏަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވެއެވެ.

ފައިބަރު ދޯނިތައް ބިންދައިގެން ދިއުމުގެ ހާދިސާތައް ދޭތެރެ ދޭތެރެއިން ހިނގައެވެ.