Last Updated: June 9, 14:14
Tuesday, June 9, 2026
ޚަބަރު

ލާމުގެ ދެ ކޯޒްވޭއެއް ހަދަން އެމްޓީސީސީ އަށް

ލ. އަތޮޅުގައި ދެ ކޯޒްވޭއެއް އެޅުމުގެ މަސައްކަތް އެމްޓީސީސީއަށް ހަވާލު ކޮށްފިއެވެ.

އެގޮތުން ލ. ހިތަދޫ، ލ. މެންދޫ އަދި ލ. ކުނަހަންދޫ ކޯޒްވޭގެ މަސައްކަތް އެމްޓީސީސީއަށް ހަވާލު ކޮށްފައިވަނީ 81.2 މިލިއަން ރުފިޔާއަށް 500 ދުވަހުގެ ތެރޭގައި ނިންމާގޮތަށެވެ.

މި މަޝްރޫއުގެ ދަށުން ރިވެޓްމެންޓް 390 މީޓަރު، ލ. ކަޅައިދޫ އިން ލ. މެންދު – 157.5 މީޓަރު ބްރިޖު ލ. މެންދޫ އިން ލ. ކުނަހަންދޫއަށް 157.5 މީޓަރުގެ ބްރިޖު އަދި 714 މީޓަރުގެ މަގު ހެދުން ހިމެނެއެވެ.

މީގެއިތުރުން ލ. ކަލައިދޫ، ލ. ދަނބިދޫ ކޯޒްވޭގެ މަސައްކަތް އެމްޓީސީސީއަށް ހަވާލުކޮށްފައިވަނީ 550 ދުވަހުގެ ތެރޭގައި ނިންމާގޮތަށް 155.9 މިލިއަން ރުފިޔާއަށެވެ.

މި މަޝްރޫއުގެ ދަށުން 271 މީޓަރުގެ ރިވެޓްމެންޓް، ލ. ކަލައިދޫ އިން ލ. ދަބިދޫއަށް 225 މީޓަރުގެ 3 ބްރިޖު އަދި 85 މީޓަރުގެ މަގު ހެދުން ހިމެނެއެވެ.

މި ދެ މަޝްރޫއުގެ ދަށުން ލ. ހިތަދޫ އާއި ލ.ކުނަހަންދޫ އަދި ލ.ކަލައިދޫ އާއި ލ.ދަނބިދޫ ކޯޒްވޭއަކުން ގުޅާލެވިގެންދާނެ ކަމަށް މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހަ ުއސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ފަރާތުން މައުލޫމާތުދެއެވެ.