Last Updated: June 23, 11:37
Tuesday, June 23, 2026
ޚަބަރު

އެމްއެމްޕީއާރްސީ މައްސަލަ ލަސްވަނީ މަޖިލީހާ ހެދި

ރާއްޖޭގައި މިހާތަނަށް ހިންގި އެންމެ ބޮޑު ހިޔާނާތް ކަމަށްވާ އެމްއެމްޕީއާރްސީގެ މައްސަލަ ހުއްޓުވައިގެން އޮތީ ރަައްޔިތުންގެ މަޖިލީހުގެ ތެރެއިން ކަމަށް ފޭދޫ ދާއިރާގެ މެމްބަރު މުހައްމަދު ނިހާދު ވިދާޅުވެއްޖެ އެވެ.

އެ މައްސަލާގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަކި މަސްލަހަތެއް ހިފަހައްޓަވަން މަސައްކަތް ކުރައްވާ ކަމަށް ބެލުމުގެ ފުރުސަތު އޮތް ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝިދު މިއަދު ދެއްކެވި ވާހަކަތަކަކާ ގުޅިގެން ނިހާދު ކުރެއްވި ޓްވީޓްތަކެއްގައި ވިދާޅުވީ އެމްއެމްޕީއާރްސީ މައްސަލައިގައި ހިމެނޭ އެތައް ބައެއްގެ ހިމާޔަތުގައި އޭގެ ތެރެއަށް ވަދެ ހުއްޓުވައިގެން އޮތީ މަޖީހުން ކަމަށެވެ.

"އެކަމުގެ ފުރިހަމަ ޒިންމާ މަޖިލީހުގެ ރައީސް ނަންގަވަން ޖެހޭނެ،" ނިހާދު ވިދާޅުވި އެވެ. "ދިޔާކޮށް އުފުލި އަރިސް ބޭކަލުންނާއި އެހެނިހެން އަރިސް ބޭކަލުން ސަލާމަތްކުރަން އުޅޭތީ ބައެއް މައްސަލަތައް ލަސްވީ."

އޭނަ ވިދާޅުވި ގޮތުގައި އެފާ ފިތުނަ ބޮޑުއިރު ވެސް މައްސަލަތަސއް ވަކިވަކިން ބެލި އެތައް މައްސަލައެއް އަންނަނީ ކޯޓްގައި ހިނގަމުން ކަމަށެވެ.

"ފައިސާ ހޯދުމަށް ހުކުމް ދަނީ ލިބެމުން. ސްޕީޑް ލަސްވުމުގައި ކޮވިޑްގެ ދެ އަހަރު ދިމާވި ދަތި އުނދަގޫ ވެސް މަޖިލީހުގެ އުނދަގުލެއް ކުޑައެއް ނޫން." ނިހާދު ވިދާޅުވި އެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ހިންގި އެމްއެމްއާރްޕީސީގެ ހިޔާނާތުގެ މަންފާ މަޖިލީހުގެ މިހާރާއި އެހާރުގެ ގިނަ މެމްބަރުންގެ އިތުރުން ގިނަ ވަޒީރުންތަކަކަށް ލިބިފައިވާ ކަމަށް އާންމުވި ލިސްޓަކުން ހާމަވެފައިވެ އެވެ. އެ ލިސްޓުގައި 280 އަށް ވުރެ ގިނަ މީހުން ހިމެނެ އެވެ.