Last Updated: January 30, 20:14
Monday, January 30, 2023
މުނިފޫހިފިލުވުން

ދިޕިކާ މަޔަކަށް ވަނީ

އިންޑިއާގެ މަޝްހޫރު ޓީވީ ބަތަލާ ދިޕިކާ ކައްކަރް އަލަތު ދަރިފުޅަށް ބަލިވެއިންކަން އިއުލާންކޮށްފި އެވެ.

"ސަސުރާލު ސިމަރު ކާ" އާއި "ކަހާ ހަމް ކަހާ ތުމް" ފަދަ ސިލްސިލާތައް ކުޅުނު ދިޕިކާ، 36، އާއި ޓީވީ އެކްޓަރު ޝުއައިބް އިބްރާހީމް، 35، ކައިވެނިކުރީ 2018 ގަ އެވެ. މިއީ ދިޕިކާގެ ދެވަނަ ކައިވެންޏެވެ. "ބިގް ބޮސް" ސީޒަން 12 ކާމިޔާބުކުރި ބަތަލާ ފުރަތަމަ ކައިވެނިކުރީ ރައުނަކު ޝަރުމާ ކިޔާ މީހަކާ އެވެ. ދެހާސް އެގާރައިގެ އެ ކައިވެނީ ރޫޅުނީ 2015 ގަ އެވެ.

ދިޕިކާ އާއި ޝުއައިބަށް ދަރިއަކު ލިބެން އުޅޭކަން އިއުލާންކުރީ އެ ދެ މީހުންގެ އިންސްޓަގްރާމް ޕޯސްޓެއްގަ އެވެ. އޭގައި ދެ މީހުން "މޮމް" އާއި "ޑޭޑް" ވަކިވަކިން ޖަހާފައިވާ ފޮޓޯއެއް ޕޯސްޓްކޮށްފައިވެ އެވެ. އެ ޕޯސްޓްގައި ދަރިއަކު ލިބެން އުޅޭތީ ދެމަފިރިން ވަރަށް އުފަލުން ތިބި ކަމަށް ބުނެފައިވެ އެވެ.

ދިޕިކާ އަކީ 1997 ގެ ކާމިޔާބު ފިލްމު "ބޯޑަރު" ގެނެސްދިން ޑައިރެކްޓަރު ޖޭޕީ ދައްތާގެ 2018 ގެ "ޕަލްޓާން" ގެ ރޯލެއް ވެސް ކުޅުނު ބަތަލާއެކެވެ. އޭނަ އާއި ފިރިމީހާ ސްޓާ ޕްލަސްގެ ޑާންސް ޝޯ "ނަޗް ބަލިޔޭ" ސީޒަން އަށެއްގައި 2017 ގައި ވާދަކޮށްފައިވެ އެވެ.