Last Updated: June 23, 11:37
Tuesday, June 23, 2026
ޚަބަރު

ރައީސްގެ ކެމްޕޭން ނިންމާ ޖަލްސާ އައްޑޫގައި

ރައީސް އިބްރާހީމް މުހައްމަދު ސޯލިހު އެމްޑީޕީގެ ޕްރައިމަރީ ކެމްޕޭން ނިންމާ ބާއްވާ ޖަލްސާ އައްޑޫގައި ބާއްވަން ހަމަޖެހިފައިވާ ކަމަށް އެނގިއްޖެ އެވެ.

އެނގިފައިވާ ގޮތުގައި އެ ޖަލްސާ ބާއްވާނީ އަންނަ ބުރާސްފަތި ދުވަހުގެ ރޭ ހިތަދޫގަ އެވެ. ނަމަވެސް މިކަން އަދި ރައީސްގެ ކެމްޕޭން ޓީމުން ރަސްމީކޮށް އިއުލާނެއް ނުކުރެ އެވެ. ރައީސް ސޯލިހު ވަނީ މި މަހުގެ 13-15 އައްޑޫގައި ކެމްޕޭން ވެސް ކުރައްވައިފަ އެވެ.

ރައީސްގެ ކެމްޕޭން ނިންމާ ޖަލްސާ އައްޑޫގައި ބާއްވާ އިރު، ޕްރައިމަރީގައި ވާދަކުރައްވާ ރައީސް މުހައްމަދު ނަޝީދުގެ ކެމްޕޭން ނިންމާ ޖަލްސާ ވެސް އަންނަ ބުރާސްފަތި ދުވަހުގެ ރޭ ބާއްވަން ހަމަޖެހިފައިވެ އެވެ. އެ ޖަލްސާ އޮންނާނީ އެ ރޭ މާލޭގެ އާޓިފިޝަލް ބީޗްގަ އެވެ.

ނަޝީދު ކެމްޕޭނަށް މިއަދު އައްޑު އަށް ވަޑައިގަންނަވާ ގޮތަށް ހަމަޖެހިފައިވެ އެވެ. އަދި އައްޑޫން ފުރާވަޑައިގަންވާނީ މާދަމާ އެވެ. އަންނަ ބުދަ ދުވަހުގެ ރޭ ޒުވާނުންނަށް ހާއްސަކޮށްގެން ލޮނުޒިޔާރަތް ޕާކްގައި ނަޝީދުގެ ޖަލްސާއެއް ބާއްވަން ހަމަޖެހިފައިވެ އެވެ.

ނަޝީދާއި ރައީސް ވެސް ގެންދަވަނީ ވަރަށް ފޯރީގައި ރާއްޖޭގެ އެކި ހިސާބުތަކުގައި ކެމްޕޭން ކުރައްވަމުންނެވެ.

ޕްރައިމަރީ އޮންނާނީ އަންނަ ހޮނިހިރު ދުވަހު އެވެ.