Last Updated: July 26, 18:11
Sunday, July 26, 2026
ޚަބަރު

ރައީސް ކެމްޕޭނަށް ގުރައިދު އަށް

މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ، އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ކެމްޕޭނަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ކ. ގުރައިދުއަށް ވަޑައިގަތުމަށް ހަމަޖެހިއްޖެއެވެ.

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ކެމްޕޭނުގައި ރައީސް ސޯލިހް މިއަދު ވަނީ ކ. ގުރައިދުއަށް އަދި ކ. ކާށިދޫއަށް ވަޑައިގަތުމަށް ހަމަޖެހިފައެވެ.

މި އިންތިހާބުގައި ވާދަކުރައްވާފައިވާ އެމްޑީޕީގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވަނި އައްޑޫސިޓީއަށް ވަޑައިގަތުމަށް ހަމަޖެހިފައެވެ. އެގޮތުން މިއަދު ހަވީރު ރައީސް ނަޝީދަށް މަރުހަބާ ކިޔުމަށް އައްޑޫ އަންނަނީ ތައްޔާރުވަމުންނެވެ.

އެމްޑީޕީގެ ޕްރައިމަރީއަށް ދެ ރައީސުންވެސް ފޯރީގައި ކެމްޕޭން ކުރައްވަމުން އަންނައިރު، އިންތިހާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ޖެނުއަރީ 28 ވަނަ ދުވަހުއެވެ.