Last Updated: June 9, 14:14
Tuesday, June 9, 2026
ޚަބަރު

ގަޔަށް ބޮލަށް އަރަން އުޅުނީ ޕީޕީއެމް 10 މީހަކު: ހިސާން

މެމްބަރު ހިސާން ހުސައިން-- ފޮޓޯ: ރައްޔިތުންގެ މަޖިލިސް

ތުޅާދޫގައި ދެކޮޅަށް އަޑުއުފުލީ ޕީޕީއެމަށް ނިސްބަތްވާ ބައެއް ކަމަށް ތުޅާދޫ ދާއިރާގެ މެންބަރު ހިސާން ހުސައިން ވިދާޅުވެއްޖެއެވެ.

ހިސާން އިއްޔެ ތުޅާދޫއަށް ދިޔުމުން، ބަޔަކު އެއްވެ އޭނާއާ ދެކޮޅަށް އަޑުއުފުލާ މަންޒަރު ފެންނަ ވީޑިއޯތަކެއް އިއްޔެ ވަނީ ސޯޝަލް މީޑިއާގައި ދައުރުވެފައެވެ.

އެކަމާ ގުޅިގެން ހިސާން ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ އޭނާ ހުންނެވީ ތުޅާދޫގައި ކަމަށެވެ. ހިސާން ވިދާޅުވީ ގަޔަށް ބޮލަށް އަރަން އުޅުނީ ޕީޕީއެމްގެ 10 މީހުން ކަމަށާއި، އޭނާގެ ވަށާލައިގެން ތިބީ އޭނާގެ ޓީމުގެ މީހުން ކަމަށެވެ. އަދި އޭނާއާ ދެކޮޅަށް އެއްވި މީހުންގެ ތެރޭގައި އެމްޑީޕީއަށް ނިސްބަތްވާ މީހަކު ނެތްކަމަށްވެސް ވިދާޅުވިއެވެ.

"ޕީޕީއެމް މީހުން ގޮވީ ރައީސް ނަޝީދަށް އަޅުގަނޑު ސަޕޯޓް ނުކުރާ ވާހަކަ. އަޅުގަނޑު ހިތުން މިއީ، އެމްޑީޕީ އެންމެންވެސް ވިސްނާލަންޖެހޭ ކަމެއް." ހިސާންގެ ޓްވީޓްގައިވެއެވެ.

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ކެމްޕޭންގައި ހިސާން ތާއީދުކުރައްވަމުން އަންނަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށެވެ. މީގެކުރިން ހިސާން ފާހަގަކުރެވިފައިވަނީ ރައީސް މުހައްމަދު ނަޝީދަށް ތާއީދުކުރައްވާ މެންބަރެއްގެ ގޮތުގައެވެ.