Last Updated: July 26, 18:11
Sunday, July 26, 2026
ޚަބަރު

ހިސާންގެ ހިތްވަރަށްޓަކައި ފަހުރުވެރިވަން: ރޮޒޭނާ

މެންބަރު ރޮޒައިނާ އާދަމް- ފޮޓޯ: ރައްޔިތުންގެ މަޖިލިސް

ތުޅާދޫ ދާއިރާގެ މެންބަރު ހިސާން ހުސައިންގެ ހިތްވަރު ގަދަކަމަށްޓަކާ ފަޚުރުވެރިވާ ކަމަށް އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމް ވިދާޅުވެއްޖެއެވެ.

ރޮޒައިނާ މިފަދައިން ވިދާޅުވެފައިވަނީ، ހިސާނާ ދެކޮޅަށް ތުޅާދޫގައި ބަޔަކު އެއްވެ އިހުތިޖާޖު ކުރުމާ ގުޅިގެންނެވެ.

އެގޮތުން ރޮޒައިނާ ވިދާޅުވީ، އެމްޑީޕީގެ އެތެރޭގެ ޚިޔާލު ތަފާތުވުމުގެ ތެރެއިން ވަކި ފެކްޝަނަކުން، ޕާޓީގެ ލީޑަރޝިޕްގައި ތިއްބެވި މަދު އަންހެނުންނަށް އަމާޒު ކޮށްގެން ކުރާ ފުރައްސާރަ، ތަކުރާރުކޮށް ހަރުކަށި އިބާރާތުން ކުއްވެރިކުރާ ކަމަށެވެ.

މީގެއިތުރުން ރިޒައިނާ ވިދާޅުވީ، ޕީޕީއެމާ އެކު މިކަން ރޭވި އެމްޑީޕީގެ އިސް ބޭފުޅުން ބޭނުންވިގޮތަށް ތުޅާދޫގެ އެމްޑީޕީގެ މެންބަރުން އެކަމުގައި ބައިވެރިނުވިކަމަށްޓަކައި މަރުހަބާ ދަންނަވާކަމަށެވެ.

މިކަމާ ގުޅިގެން ހިސާން ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ގަޔަށް ބޮލަށް އަރަން އުޅުނީ ޕީޕީއެމްގެ 10 މީހުން ކަމަށާއި، އޭނާގެ ވަށާލައިގެން ތިބީ އޭނާގެ ޓީމުގެ މީހުން ކަމަށެވެ. އަދި އޭނާއާ ދެކޮޅަށް އެއްވި މީހުންގެ ތެރޭގައި އެމްޑީޕީއަށް ނިސްބަތްވާ މީހަކު ނެތްކަމަށްވެސް ވިދާޅުވިއެވެ. އެއްވެ ތިބި ޕީޕީއެމް މީހުން ގޮވީ ރައީސް ނަޝީދަށް އޭނާ ސަޕޯޓް ނުކުރާ ވާހަކަ ކަމަށާއި މިއީ، އެމްޑީޕީ އެންމެންވެސް ވިސްނާލަންޖެހޭ ކަމެއް ކަމަށެވެ.