Last Updated: July 26, 18:11
Sunday, July 26, 2026
ޚަބަރު

"ހަރުގޭގައި އެއްޗެހި ގޮވިޔަސް ސަރުކާރެއް ނުހިންގޭނެ"

ހަރުގޭގައި އެއްޗެތި ގޮވިޔަސް ސަރުކާރެއް ނުހިންގޭނެ ކަމަށް ވިދާޅުވެ ކުރީގެ ފޮރިން މިނިސްޓަރު ދުންޔާ މައުމޫން ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ފާޑުވިދާޅުވެއްޖެއެވެ.

ނަޝީދަށް ފާޑުވިދާޅުވެ ކުރެއްވި ޓްވީޓެއްގައި ދުންޔާ ވިދާޅުވެފައިވަނީ، ސިޔާސީ މަގާމު އުފައްދައިގެން މީހުންގެ ތާއީދު ހޯދަން ފެއްޓެވީ 2009 ގެ ވެރިކަމުގައި ކަމަށެވެ.

ދުންޔާ ވިދާޅުވީ ސަރުކާރެއް ހިންގޭނީ ހިންގުމުގެ ގާބިލުކަން ހުރި މީހުންނަށް ކަމަށާއި، ހަރުގޭގައި ހަރުއަޑުން މީހުންނަށް އެއްޗެހި ގޮވަން އެގުނަކަސް ސަރުކާރެއް ނުހިންގޭނެ ކަމަށެވެ.

"އެމްއެންޕީގެ ސަރުކާރެއް ހިންގާނީ ޕްރޮފެޝަނަލް މީހުން." ދުންޔާ ވިދާޅުވިއެވެ.

ރައީސް ނަޝީދަށް ފާޑުވިދާޅުވެ ދުންޔާ ޓްވީޓެއް ކުރެއްވި ސީދާ ސަބަބެއް ސާފެއް ނުވެއެވެ. އެހެންނަމަވެސް އެމްޑީޕީގެ ރިޔާސީ ޕްރައިމަރީއާ ދިމާކޮށް އެހެން ސިޔާސީ ޕާޓީތަކުގެ އިސްފަރާތްތަކުންވެސް ޓްވީޓް ކުރައްވާ ހައްދަވައެވެ.