Last Updated: June 9, 14:14
Tuesday, June 9, 2026
ޚަބަރު

ވިލިނގިލީގެ ތަރައްގީ ގުޅެނީ ރައީސާ: ސައުދު

ގއ. ވިލިނގިލީގެ ތަރައްގީ ގުޅިފައިވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުއާ ކަމަށް އެ ދައިރާގެ މެންބަރު ސައުދު ހުސައިން ވިދާޅުވެއްޖެއެވެ.

ސައުދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ، ވިލިނގިލީގެ ތަރައްގިއާއި އެމްޑީޕީއަށް ލިބޭ ކާމިޔާބީ ގުޅިފައިވަނީ ރައީސް ސޯލިހުއާ ކަމަށެވެ.

"އެމަނިކުފާނަކީ ހިޔާލުތަފާތުވުންތަކާ އެކު، މައިނޯރިޓީއަށް އިހުތިރާމުކޮށް ގައުމައި ރައްޔިތުންނަށް ހެޔޮ ވެރިކަމެއް ކޮށްދެއްވާ ރައީސެއް." ސައުދު ވިދާޅުވިއެވެ.

ސައުދު ވިދާޅުވީ ގއ. ވިލިނގިލީގެ ރައްޔިތުން އެދެނީ ރައީސް ސޯލިހަށް ދެވަނަ ދައުރެއް ލިބުމަށް ކަމަށެވެ.

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ވޯޓުލުން ޖެނުއަރީ 28 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާއިރު، މި އިންތިހާބުގައި ވާދަކުރައްވަނީ އެމްޑީޕީގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު އަދި ރައީސުލްޖުމްހުރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހެވެ.

ޕްރައިމަރީގެ ކެމްޕޭން ދެ ރައީސުން ފޯރީގައި ކުރިއަށް ގެންދަވާއިރު ދެ ރައީސުންވެސް އަންނަނީ ރަށްރަށަށް ދަތުރުކުރައްވާ ކެމްޕޭން ކުރިއަށް ގެންދަވަމުންނެވެ.