ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކޮށް މުޅި ރާއްޖެ އަށް މިއަދު ވައިޓް އެލާޓް ނެރެފި އެވެ.
މޫސުމާ ބެހޭ ގައުމީ އިދާރާ އިން އެ އެލާޓް ނެރެފައި ވަނީ ހެނދުނު 6:30 އިން ފެށިގެން މެންދުރު 12:00 އާ ހަމައަށެވެ. އެ ވަގުތުގެ ތެރޭގައި ބޯކޮށް ވާރޭ ވެހުމާ އެކީ ގުގުރައި، ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައި ގަދަވާނެ ކަމަށް ލަފާކޮށްފައިވެ އެވެ.
ރާއްޖެ އަށް ވިއްސާރަވާން ފަށާފައި މި ވަނީ ބައެއް ހިސާބުތަކަށް ވާރޭ ނުވެހޭތާ ދުވަސްތަކެއް ފަހުންނެވެ.