Last Updated: August 17, 10:00
Sunday, August 17, 2025
ޚަބަރު

"ޔުނިޓްތަކަށް ގުރުލާނެއް އިރެއް ނޭނގޭ"

ފޭދޫގައި އިމާރާތްކޮށްފައިވާ ހައުސިން ޔުނިޓްތަކަށް އެދި ކުރިމަތިލި މީހުންގެ މެދުގައި ގުރުލާނެ އިރެއް އަދި ނޭނގޭ ކަމަށް ފޭދޫ އަވަށު އޮފީހުން ބުނެފި އެވެ.

އެ އޮފީހުގެ އޮފިޝަލަކު މިއަދު ވިދާޅުވީ ގުރުލާނެ ދުވަހެއް ހައުސިން މިނިސްޓްރީން އަދި އަންގާފައި ނެތް ކަމަށެވެ.

ހައުސިން ޔުނިޓްތަކަށް އެދި ކުރިމަތިލި މީހުންގެ ދާއިމީ ލިސްޓް މިދިޔަ މަހުގެ 29 ގައި ވަނީ އާންމުކޮށްފަ އެވެ.

އެ ލިސްޓް އާންމު ކުރީ ކުރިމަތިލި މީހުންގެ ޕޮއިންޓް ލިސްޓް އާންމު ކުރުމަށް ފަހު، ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ވެސް ދިނުމަށް ފަހު އެވެ.

އެގޮތުން ހުށަހަޅާފައި ވަނީ އެންމެ ހަ ޝަކުވާ އެވެ. އެ ޝަކުވާތަކަށް ޖަވާބު ދީ ވަނީ ނިންމައިފަ އެވެ.

ހައުސިން ޔުނިޓްތަކަށް 166 ފަރާތަކުން ކުރިމަތިލާފައިވެ އެެވެ.

ތިން ކޮޓަރި އާއި ފާހާނާ އަދި ބަދިގެ އާއި ސިޓިން ރޫމް ހިމެނޭ ގޮތަށް ދެ ބުރިއަށް ފޭދޫގެ ދެ ސަރަހައްދެއްގައި އިމާރާތްކޮށްފައިވާ ހައުސިން ޔުނިޓްތަކަށް ޑައުންޕޭމަންޓްގެ ގޮތުގައި 19،000ރ. ދައްކަން ޖެހެ އެވެ. އަދި މަހަކު 3،000ރ. ދައްކަން ޖެހެ އެވެ.