Last Updated: June 9, 14:14
Tuesday, June 9, 2026
ޚަބަރު

ރައީސް ނަޝީދު ފުވައްމުލަކަށް ވަޑައިގަންނަވަނީ

ރައީސް މުހައްމަދު ނަޝީދު އަނެއްކާވެސް ފުވައްމުލަކުސިޓީއަށް ވަޑައިގަތުމަށް ހަމަޖެހިއްޖެއެވެ.

މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ، އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާ ރައީސް ނަޝީދު ކެމްޕޭނަށް ފުވައްމުލަކަށް ވަޑައިގަތުމަށް ހަމަޖެހިފައިވަނީ 25 ޖެނުއަރީ، ބުދަ ދުވަހުގެ މެންދުރު 14:00 ގައެވެ.

މިއީ މި ކެމްޕޭންގައި ރައީސް ނަޝީދު ފުވައްމުލަކަށް ވަޑައިގަންނަވާ ދެވަނަ ފަހަރެވެ.

ރައީސް ނަޝީދު މިވަގުތު ކެމްޕޭނުގައި ވަޑައިގެން އުޅުއްވަނީ އައްޑޫއަށެވެ. އެގޮތުން އިއްޔެ އެމަނިކުފާނަށް އައްޑޫއިން ހޫނު މަރުހަބާއެއް ކިޔާފައިވެއެވެ. އަދި މިއަދު އެމަނިކުފާނު އަންނަނީ އެމްޑީޕީގެ މެންބަރުންނާ ބައްދަލުކުރައްވާ ދޮރުންދޮރަށް ހިންގަވަމުންނެވެ.

އެމްޑިޕީގެ ރިޔާސީ ޕްރައިމަރީގައި ރައީސް ނަޝީދުއާ ވާދަކުރައްވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހެވެ. އެމަނިކުފާނުވެސް އަންނަނީ ކެމްޕޭނަށް އެކި ރަށްރަށް ދަތުރުކުރައްވާ އެމްޑީޕީގެ މެންބަރުންނާ ބައްދަލުކުރައްވަމުންނެވެ.

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ ބޭއްވުމަށް ހަމަޖެހިފައިވަނީ ޖެނުއަރީ 28 ވަނަ ދުވަހުއެވެ.