Last Updated: April 23, 21:11
Tuesday, April 23, 2024
ޚަބަރު

އެއްވެ އުޅުމާއި ހިޔާލު ފާޅުކުރުމަކަށް ހުރަހެއް ނެތް

އެއްވެ އުޅުމާއި ހިޔާލު ފާޅުކުރުމުގެ މިނިވަން ކަމަށް އެއްވެސް ހުރަހެއް ނެތް ނޯންނާނެ ކަމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

އެ މަނިކުފާންގެ ޕްރައިމަރީ ކެމްޕޭންގެ ތެރެއިން މިއަދު އއ. މާޅޮހުގައި ސަޕޯޓަރުންނާ ބައްދަލު ކުރައްވައި ދެއްކެވި ވާހަކައިގައި ރައީސް ވިދާޅުވީ ޚިޔާލުފާޅު ކުރުމާއި، ނޫސްވެރިކަމުގެ މިނިވަންކަން ކުރީގެ ސަރުކާރުގައި އޮތީ ވަރަށް ބޮޑަށް ހިފަހައްޓާފައި އެކަމަކު އެ މަނިކުފާނު ވެރިކަމަށްވަޑައިގަތް ފަހުން އެއްވެސް ހުރަހެއް ނެތި ޚިޔާލުފާޅު ކުރުމުގެ މިނިވަންކަމާއި، ނޫސްވެރިކަމުގެ މިނިވަންކަމާއި އެއްވެ އުޅުމުގެ މިނިވަންކަން ދޫކޮށްލާފައިވާ ކަމަށް ރައީސް ވިދާޅުވި އެވެ.

"އެހެން ނަމަވެސް މީގެ ބޭނުން ހިފާ އިރު ވިސްނަން ޖެހޭނެ. ތިމާފާޅުކުރާ ޚިޔާލެއް ނުވަތަ އުފުލާ އަޑެއްގެ ނަތީޖާއަކަށް ވެގެން ނުވާނެ ޖެހިގެން ހުންނަ މީހާގެ ކަންފަތު ތޫރި ފޫއަޅުވާލާ އެއްޗަކަށެއް،" ރައީސް ވިދާޅުވި އެވެ. "އެ ހިސާބަށް ގޮއްސިއްޔާ ދެން ޖެހޭނީ އެއާ ދޭތެރޭގައި ވެރިކަމުގަ ތިބި ބަޔަކު ވިސްނަން. މިއަދު އަޅުގަނޑުމެންނަށް އެމަންޒަރު ބައެއް ފަހަރު ފެނޭ."

ރައީސް ވިދާޚުވީ އެއްވެސް ހާލެއްގައި އެއްވެ އުޅުން މަނާކުރާކަށް ނޫޅުއްވާ ޖަމަށެވެ. އަދި ހިޔާލުފާޅު ކުރުން ހުއްޓުވާކަށް ވެސް ނޫޅުއްވާ ކަމަށް ވިދާޅުވި އެވެ.

"ޝުއޫރު ފާޅުކުރަންވީ. އެހެން ނަމަވެސް އެއީ ދެންތިބި މީހުންނަށް ދުއްތުރާއަކަށް ވެގެން ނުވާނެ. ކުރިއަށް ގެންދަވަންވީ އެ ބޭފުޅުން ވެސް އަޑުއަހަން އަޅުގަނޑުމެންނަށް ކެރޭނެ،" ރައީސް ވިދާޅުވި އެވެ. "ހުއްޓުވާކަށް ވެސް ނެތިން އެކަމަކު އެހެން މީހުން ވެސް ހަރަކާތް ހިންގުމަށް ފުރުސަތު ދޭން ވާނެ."

ރައީސް މި މޭރުމުން ވާހަކަ ދެއްކެވި ހެއްކާ ބެހޭ ގާނޫނުގައި މަސްދަރު ހާނަކުރަން ޖެހޭ ގޮތަށް އޮތުމަކީ ނޫސްވެރިންނާއި މީޑިއާތަކުގެ ވަރަށް ބޮޑު ކަންބޮޑުވެކެވެ. އެ ގާނޫނަށް އިސްލާހުތަކެއް ގެންނަވަން މަސައްކަތްކޮށް ދެއްވާނެ ކަމަށް ރައީސް ވިދާޅުވެފަ އެވެ. އަދި ގާނޫނު މަޖިލީހުން ފާސްކުރި ގޮތަށް މި ހަފުތާގައި ވަނީ އަމަލު ވެސް ކުރަން ފަށައިފަ އެވެ.