Last Updated: April 24, 12:56
Wednesday, April 24, 2024
ޚަބަރު ރައީސް ނަޝީދު

ނަޝީދުގެ ކެމްޕޭނަށް މާލޭގައި ހިނގާލުމެއް ބާއްވަނީ

މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ، އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި އެޕާޓީގެ ރައީސް މުހައްމަދު ނަޝީދުގެ ކެމްޕޭން ނިންމާލުމަށް މާލޭގައި ހިނގާލުމެއް ބޭއްވުމަށް ނިންމައިފިއެވެ.

ރިޔާސީ ޕްރައިމަރީގެ ކެމްޕޭން ފޯރީގައި ކުރިއަށްގެންދާއިރު ރައީސް ނަޝީދު އިއްޔެ އާއި މިއަދު އުޅުއްވަނީ އައްޑޫސިޓީގައެވެ. އަދި މާދަމާ މެންދުރުފަހު ފުވައްމުލައް ސިޓީއަށް ވަޑައިގަތުމަށްވަނީ ހަމަޖެހިފައެވެ.

މީގެއިތުރުން މާދަމާ ރޭ ރައީސް ނަޝީދު މާލޭގައި ޒުވާނުންނާ ބައްދަލުކުރައްވާ ޒުވާނުންގެ ސުވާލަށް ޖަވާބު ދެއްވުމުގެ ހަރަކާތެއް ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ.

ރައީސް ނަޝީދުގެ މާލޭ ކެމްޕޭން ނިންމުމުގެ ޖަލްސާ ބޭއްވުމަށް ހަމަޖެހިފައިވަނީ ބްރާސްފަތި ދުވަހުގެ ރޭ 08:30 ގައެވެ. އަދި ހުކުރު ދުވަހު ހަވީރު 04:30 ގައި މާލޭގައި ހިނގާލުމެއް ބޭއްވުމަށް ހަމަޖެހިފައެވެ.

އެމްޑީޕީ ރިޔާސީ ޕްރައިމަރީގެ ކެމްޕޭން ފޯރީގައި ކުރިއަށްގެންދާއިރު ރައީސް މުހައްމަދު ނަޝީދު އަދި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވެސް އަންނަނީ ރަށްރަށަށް ދަތުރުކުރައްވާ އެމްޑީޕީގެ މެންބަރުންނާ ބައްދަލުކުރައްވަމުންނެވެ.

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ ބޭއްވުމަށް ހަމަޖެހިފައިވަނީ ޖެނުއަރީ 28 ވަނަ ދުވަހުއެވެ.